Commissioner general of Taxation kamah fathuhullah aa Nashidh
image
މީރާ --
0 ކޮމެންޓް
 

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އާއި ނާޝިދު

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަންވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ދެ ނަމަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދެވެ. މީގެތެރެއިން ނާޝިދު މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަސްޓަމްސްގައެވެ. އަދި ފަތުހުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ.

މި މަގާމުގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނައިބުގެ މަގާމަށް ވެސް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލިއެވެ. އެ މަގާމަށް 6 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

މީރާގެ އިސް މަގާމުތަކަށް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
މީރާ މަޖިލިސް
ހިޔާލު