Saudi Arabia gai hunnavaa safeeru Khaleel OIC ge safeer akah hamajassan ruhun hoadhanee
image
ސައުދީގައި ހުންނަވާ ސަފީރު ކަމަށް މުހައްމަދު ޚަލީލް އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސައުދީގެ ސަފީރު ޚަލީލް އޯއައިސީގެ ސަފީރަކަށް ހަމަޖައްސަން ރުހުން ހޯދަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް މުހައްމަދު ޚަލީލް ހަމަޖެއްސެވުމަށް ނިންމަވާ އޭނާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޑރ. ޚަލީލަށް ރުހުން ދެެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މަޖިލީހުގެ އިދާރީ މޭޒުން މަޖިލީހުގެ ތަޅުމަށް ސިޓީ އިއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިމައްސަލަ ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމެވިކަން އިއުލާންކުރައްވާފަ އެވެ.

ޚަލީލް މިވަގުތު ހުންނެވީ ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ހަލީލް މިމަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމާ ގުޅިގެން އޭނާ މަގާމަށް އައްޔަންކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ޚަލީލް މީގެކުރިން ވަނީ ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނެވީ ހައި ކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައި ކޮމިޝަނަރުގެ މަގާމު ވެސް އަދާކުރައްވާފ އެވެ.

އިންޑިއާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަސިޓީން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާ އިން ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ހަލީލް ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1983 ވަނަ އަހަރުން ފެށިގެންނެވެ.

އޯއައިސީއަށް ސަފީރަކު ހަމަޖައްސަނީ އިސްލާމީ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް ރާއްޖެއަށް ބޭނުންވާ ފުރުސަތުތައް ހޯދުމަށް ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ.
ހިޔާލު