Dhekunuge atholhu thakah white alert nerefi
image
މޫސުން ގޯސް ދުވަހެއް -- ވީނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ހެނދުނު 09:00 އިން މެންދުރު ފަހު 15:00 އަށެވެ.

މޫސުމާއި ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ އެވެ.

މޫސުން މެޓް
ހިޔާލު