Dhekunu asia ge igthisaadhee kuri erun madu jehijje: World Bank
image
ވޯލްޑް ބޭންކް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދެކުނު އޭޝިއާގެ އިގްތިސާދީ ކުރިއެރުން މަޑު ޖެހިއްޖެ: ވޯލްޑް ބޭންކު

ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކުރެވިފައިވާ އަންދާޒާތަކަށް ވުރެ 1.1 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށާއި މިއަހަރު 5.9 އިންސައްތަ އަށް މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓްގައި ބުނެފި އެވެ.
ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްގެ އެންމެ ފަހުގެ އަދަދު، މޭކިން ޑީސެންޓްރަލައިޒޭޝަން ވާކް އިން ދައްކާފައިވާ ގޮތުގައި މީގެ ކުރިން އިގްތިސާދީ ކުރިއެރުން ބިނާވެފައި އޮތް އެތެރޭގެ ޑިމާންޑް ހީނަރުވެ، މުޅި ސަރަހައްދުގެ އިގްތިސާދު ވެސް ވަނީ މަޑުޖެހިފަ އެވެ.

މުޅި ދެކުނު އޭޝިއާގައި ވެސް އިމްޕޯޓް ކުރެވޭ މުދަލުގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާއިރު، ޕާކިސްތާން އަދި ސްރީލަންކާގެ އިމްޕޯޓް ވަނީ 15 އިންސައްތަ އާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައި ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

"ސިނާއީ އުފެއްދުންތެރިކަމާއި އިމްޕޯޓް ކުރެވޭ މުދަލުގެ ނިސްބަތް ދަށަށް ދިއުމާއި، މާލީ މާކެޓްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ހާމަވެގެން ދަނީ ދެކުނު އޭޝިއާގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން،" ވޯލްޑް ބޭންކް ވައިސް ޕްރެޒިޑެންޑް ފޯ ސައުތު އޭޝިއަން ރީޖަން، ހާޓްވިގް ޝޭފާ ވިދާޅުވި އެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ދެކުނު އޭޝިއާއަށް އިގްތިސާދީ މަޑު ޖެހުން އައިސްފައި ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ކުރިމަތިވި ވިޔަފާރީގެ ހީނަރު ކަމުގެ ސަބަބުންނެވެ. އަދި އަމިއްލަ ފަރާތްތަކުން ބޭނުން ކުރާ މުދަލާއި ހިދުމަތްތަކުގެ ނިސްބަތް އަދި އިންވެސްޓްމަންޓްތައް ކުޑަ ތަންކޮޅެއް ނަމަވެސް އިތުރު ކުރެވިއްޖެ ނަމަ، އެހެން ސަރަހައްދުތަކަށް ވުރެ ތަންކޮޅެއް މައްޗަށް ޖެހިލައި، 2020 ވަނަ އަހަރު 6.3 އިންސައްތަ އަށް އަދި 2021 ވަނަ އަހަރު 6.7 އިންސައްތަ އަށް އަރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.

ރާއްޖޭގެ އިގުތިސާދަށް ބަލާއިރު އިމާރާތް ކުރުމުގެ ސިނާއަތް މަޑުޖެހިފައިވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2019 ވަނަ އަހަރު 5.2 އިންސައްތައިގައި ހުންނާނެ ކަމަށާއި އަންދާޒާ ކުރެވޭ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތަ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ހިޔާލު