Shahruk khan, Van Damme adhi Jackie Chan eh frame akun!
image
ތިން ތަރިން އެކުގައި ނަގާފައިވާ ސެލްފީ--
0 ކޮމެންޓް
 

ޝާހްރުކް ހާން، ވެން ޑޭމް އަދި ޖެކީ ޗަން އެއް ފްރޭމަކުން!

ބޮލީވުޑްގެ ކިންގްގެ ނަމުން މަޝްހޫރުވެފައިވާ ޝާހްރުކް އާއި ހޮލީވުޑްގެ ކުރީގެ އެކްޝަން ހިރޯ ވެންޑޭމް އަދި މާޝަލް އާޓްގެ ރަސްގެފާނު ޖެކީ ޗަން އެކުގައި ނަގާފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އެބަ ދެއެވެ.
މި ފޮޓޯއަކީ ދާދި ފަހުން ސައުދީ އަރަބިއްޔާގެ ރިޔާލުގައި މިތިން ތަރިން ދިމާވެގެން ނަގާފައިވާ ފޮޓޯއެއް ކަމަށް ވެއެވެ.

އެންމެ ފަހުން ފިލްމު ޒީރޯއިން ފެނިގެން ދިޔަ ޝާހްރުކް ހާން މިހާރު ދަނީ "ސާރޭ ޖަހާންސެ އައްޗާ" ކިޔާ ފިލްމަކަށް ތައްޔާރުވަމުންނެވެ.

ވެންޑޭމް އަކީ 90 ގެ އަހަރުތަކުގައި އެކްޝަން ފިލްމުތަކުން އެންމެ މަގުބޫލުކަން ހޯދި އެއް ތަރި އެވެ. ވެންޑޭމްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި، ކިކް ބޮކްސާ، ލަޔަންހާޓް، އަދި ޓާމިނޭޓާ ފަދަ ފިލްމުތަކަކީ އަދިވެސް މަގުބޫ ލުފިލްމުތަކެވެ. ވެންޑޭމަކީ ޒުވާންއިރު އޭނާގެ ރީތި ކަމަށް ވެސް މަޝްހޫރު ތަރި އެކެވެ.


ވެން ޑޭމް ޒުވާންއިރު--

ޖެކީ ޗެންއަކީ ކަރާޓީ، މާޝަލް އާޓްސް ފިލްމުތަކުގައި އެފަދަ ދެވަނައެއް ނެތް ތަރި އެކެވެ.


ޖެކީ ޗަން ޒުވާންއިރު--

މި ތިން މީހުން އެކުގައި ފެނުމުން ގިނަ ބަޔަކު ބުނަނީ ތިން ރަސްކަލުން އެކުގައި ފެނުން ފަދަ ކަމެއް ކަމުގައެވެ.
ހިޔާލު