High court ge fandiyaarehge thalhudhandi fathi fenunee magumathin
image
ފަނޑިޔާރު ހުސައިން ޝަހީދު
0 ކޮމެންޓް
 

ހައި ކޯޓުގެ ފަނޑިޔާރެއްގެ ތަޅުދަނޑިފަތި ފެނުނީ މަގުމަތިން!

ހައިކޯޓުގެ ބައެއް ތަޅުދަނޑިތަކާ އެކު ހައިކޯޓުގެ ފަނޑިޔާރެއްގެ ތަޅުދަނޑި ފަތި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ތަޅުދަނޑި ފައްޗެވެ.

ފަނޑިޔާރު ޝަހީދުގެ ތަޅުދަނޑި ފަތި ގެއްލުނުއިރު ތަޅުދަނޑި ފަތީގައި ފަނޑިޔާރު ހައިކޯޓުގައި ބޭނުންކުރައްވާ ކޮޓަރިކޮޅުގެ ތަޅުދަނޑިއާއި އޭނާ ދިރިއުޅުއްވާ ގޭގެ ތަޅުދަނޑިތަކަކާއި ސައިކަލެއްގެ ތަޅުދަނޑި ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ފަނޑިޔާރު ޝަހީދުގެ ތަޅުދަނޑި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް މިތަޅުދަނޑި ފަތި ފެނިފައިވަނީ އޮފް ޑިއުޓީގައި ހުރި ފުލުހަކަށް ކަމަށްވެސް އެނގިފައިވެ އެވެ.

ފަނޑިޔާރު ޝަހީދުގެ ތަޅުދަނޑި ފަތި ފެނުނީ މަގުމަތިން ކަމަށްވީ ނަމަވެސް ފެނުނު ވަކިހިސާބެއް އެނގިފައެއް ނުވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަހީދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
ހިޔާލު