K Pop star Sulli maruvefai ovva fenijje
image
ސޫލީ---
0 ކޮމެންޓް
 

ކޭ ޕޮޕް ސްޓާ ސޫލީ މަރުވެފައި އޮއްވާ ފެނިއްޖެ

ކޭ ޕޮޕް ސްޓާ ސޫލީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ބޭރުގެ ހަބަރުތަކުން ބުނާގޮތުގައި ސޫލީ މަރުވެފައި އޮއްވާ ފެނުނީ މިއަދުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތެރެއިން އޭނާގެ މެނޭޖަރަށެވެ. ފުލުހުން އެކަން ކަށަވަރުކޮށްދީފައިވާއިރު އެނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އުމުރުން 25 އަހަރުގެ ސޫލީގެ މަރުގެ ހަބަރާއެކު މުޅި އިންޑަސްޓްރީ ޝޮކެއްގައި ތިބި އިރު އޭނާގެ ސަޕޯޓަރުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ސޫލީ އަކީ ސައުތު ކޮރިއަންގެ ލަވަ ކިޔުންތެރިއެއްގެ އިތުރުން އެކްޓަރެސް އެއްވެސް މެއެވެ. އޭނާ ފެނިގެން ދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕަންޗް ލޭޑީ" އާއި "އައި އޭމް" އާއި "ފެޝަން ކިންގް" ހިމެނެއެވެ.

ސޫލީ ފެނިގެންދިޔަ ބައެއް ޓީވީ ޑްރާމާ ތަކުގެ ތެރޭގައި "ޑްރާމާ ސިޓީ" އާއި "ލަވް ނީޑްސް އަ އެރިކަލް" އަދި "އޯ މައި ލޭޑީ" ހިމެނެއެވެ.
ހިޔާލު