camera ehge therein masthuvathakethi hoadhaifi
image
ގައްދޫ---ފޮޓޯ:ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގައްދޫއަށް އައި ލޯންޗެއް ބަލައިފާސްކޮށް ކެމެރާއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފި

ގދ. ގައްދޫއަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.
އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ގައްދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޫބަރު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެ ލޯންޗު ގައްދޫ ބަނދަރާ ކައިރިކުރުމުން، ފުލުހުން އެލޯންޗު ބަލައިފާސްކުރިއިރު، ލޯންޗު ތެރޭގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސީޓީވީ ކެމެރާއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓް ފެނިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ހިޔާލު