Haleem alun hingan beynunvanee rahyithunge eheetheirkan: Aaila
image
ހަލީމް--ފޮޓޯ:ސޯޝަލް މީޑިއާ
0 ކޮމެންޓް
 

އުންމީދު ކަނޑައެއް ނުލާ، ބޭނުންވަނީ އާޓިފިޝަލް ފައެއް ޖެހުމަށް އެހީއެއް!

ރ. އިނގުރައިދޫ ކައިރީގައި އޮތް ފަޅެއްގެ ބޭރުގައި ފީނަން އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާ އަބްދުﷲ ހަލީމް އަށް ފައެއް ޖެހުމަށް އާއިލާ އިން އެހީ ހޯދަން ފަށައިފިއެވެ.
އިނގުރައިދޫ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ހަލީމުގެ ވާއަތު ފައިގެ ކުޑަހުޅު ކައިރި ވަކި ނުވެ އޮތީ ހަންކޮޅެކެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާއަށް މިހާރު އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެގޮތުން ފައި ގުޅުވޭނެ ގޮތެއް ނެތުމުން ކަކުލު ހުޅުން ތިރިން ފައި ބުރިކޮށްލާފައިވާއިރު މަސްނޫއީ ފައެއް ޖަހައިގެން އުޅެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ވަނީ ދީފައެވެ. އެގޮތުން ހަލީމް ގޮވައިގެން ރާއްޖޭން ބޭރަށް ދިއުމުގެ މަސައްކަތް އާއިލާ އިން ކުރަމުންދާއިރު އެކަމުގައި ދާނެ ހަރަދެއް ނޭނގޭތީ އާއިލާ އިން ވަނީ އެކަމަށް އާންމުންގެ އެހީއަށް އެދިފައެވެ.

"އާސަންދަ މެދުވެރިކޮށް އަޅުގަނޑުމެން މިދަނީ، އެކި ފަރާތްތަކުން އެހީ ވަމުން ދަނީ، ސީދާ އަދި ދާނެ ވަރު ނޭނގޭތީ، އެކޮޅަށް ފޮނުވާފައި ވާތީ، އަދި ތަފްސީލެއް ނުލިބޭ" ސީއެންއެންއެމް އަށް މައުލޫމާތު ދެމުން ހަލީމްގެ ބޭބެ އިބްރާހިމް ޝިހާބް ބުންޏެވެ.

ޝިހާބު ބުނިގޮތުގައި ފައި ޖެހުމަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ގަންގާ ހޮސްޕިޓަލަށެވެ. އަދި އަންނަ ބުދަ ދުވަހު އެކޮޅަށް ފުރަން ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީބު ބުންޏެވެ.

ގުރޫޕަކާއެކު ހަލީމް ފީނަން ދިޔައީ ރ. ނެއޮ ކިޔާ ފަޅުރަށެއްގެ ބޭރަށެވެ. ހަލީމްގެ ފައިގައި ބުރަފަތި ޖެހުނީ ކީއްވެކަން އަދި އެނގިފައި ނުވާއިރު އޭނާގެ ފައިގައި ޖެހުނީ އެ އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެއްގެ ބުރަފަށްޗެވެ.

ޝިހާބު ބުނީ އެހާދިސާ ހިނގި ވަގުތު އެތަނުގައި އެމީހުން ދިޔަ ދޯނިވެސް އޮންނާނެ ކަމަށާއި ފީނާކުދިންނާއި ބޮއެވެސް އެނގޭ ގޮތަށް ހުންނާނެ ކަމަށެވެ. ނަމަވެސް އެހާދިސާ ހިނގައި ދިޔަ ގޮތުގެ ސީދާ މައުލޫމާތު އެނގިފައި ނެތް ކަމަށް ޝަހީބު ބުންޏެވެ. އަދި އޭނާ ބޮޑަށް އިސްކަން މިވަގުތު ދެނީ ކޮއްކޮގެ ކަންތަކަށް ކަމަށް ޝަހީބު ބުންޏެވެ.

"މިހާރު އިރާދަކުރެއްވިއްޔާ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު، މިިހާރު އައިސީޔޫއިން ރޫމަށް ދޫކޮށްލައިފި" ޝަހީބު ބުންޏެވެ.

އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7701179802101

ނަމްބަރު: 7400009 - އިބްރާހިމް ޝިހާބް (ހަލީމްގެ ބޭބެ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު