Nubai rahumaiytheringe sababun vehtunee drug ge thereah: Azmath
image
އަޒްމަތު
0 ކޮމެންޓް
 

ނުބައި ރަހުމަތްތެރިންގެ ސަބަބުން ވެއްޓުނީ ޑްރަގު ތެރެއަށް: އަޒްމަތު

ސަ ރޭ ގަ މަ ޕާ ލިޓްލް، 2011 ވަނަ އަހަރު ކާމިޔާބު ކުރި އަޒްމަތު ހުސެއިން، އޭގެ 8 އަހަރު ފަހުން މިވަނީ ލަވަ ކިޔުމުގެ ދާއިރާއަށް އެނބުރި އައިސްފަ އެެވެ.
އިންޑިއަން އައިޑަލްގެ އޮޑިޝަނަށް އައިސް އަޒްމަތު ވަނީ މުބާރާތް ކާމިޔާބު ކުރެވުނު ނަމަވެސް އޭނާ ހީކުރި ގޮތަށް ކަންކަން ކުރިއަށް ގޮސްފައި ނުވާ ކަމަށް ބުނެފަ އެވެ.

އަންނަ އާދިއްތަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ ބައިގެ ޕްރޮމޯޝަން ވީޑިއޯކޮށް ސޮނީ ޓީވީން އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލިިއިރު އެ ވީޑިއޯއިން ފެންނަނީ އަޒްމަތު ސްޓޭޖަށް އަރައިގެން އަންނަ މަންޒަރެވެ. ޝޯގެ ޖަޖު ނެހާ ކައްކަރަށް 8 އަހަރު ފަހުން ވެސް އޭނާ ފާހަގަ ކުރަން އެނގުނެވެ.

ޝޯ ކާމިޔާބު ކުރުމަށް ފަހު އިތުރު ޝޯތަކެއްގައި މަސައްކަތް ކުރަން ލިބުނު ކަމަށް އަޒްމަތު ބުނެ އެވެ. އަދި އޭނާ ބޮޑުވަމުން އައިރު އަޑަށް ބަދަލުތަކެއް އަންނަން ފެށި ކަމަށާއި އެއާއެކު މީހުންގެ ފަރާތުން އޭނާއަށް ލިބެމުން އައި ތަރުހީބު ފަނޑުވާން ފެށި ކަމަށް އަޒްމަތު ބުންޏެވެ. އެކަމުގެ ސަބަބުން މީހާ ޑިޕްރެޝަނަށް ވެއްޓި ލަވަ ކިޔުން ހުއްޓާލި ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެއިތުރުން ލަވަ އަޑުއެހުމާ ވެސް މުޅިން ދުރަށް ޖެހިލާއި ނުބައި ރައްޓެހިން އިހުތިޔާރު ކުރެވުނު ކަމަށްވެސް އަޒްމަތު ބުންޏެވެ. އެގޮތުން ޑްރަގުގެ ޝިކާރައަކަށްވެ މުޅި ދިރިއުޅުން ހަލާކުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އުމުރުން މިހާރު 19 އަހަރުގެ އަޒްމަތު ބުނީ އަލުން ލަވަ ކިޔައިގެން އާމްދަނީ ހޯދުމަށް ހިތްވަރު ލިބުނީ މިދިޔަ އަހަރުގެ އައިޑަލްގައި އޭނާއާއެކު ސަ ރެ ގަ މަ ޕާ ޝޯގައި ލަވަކީ ސަލްމާން އަލީ ފެނުމުން ކަމަށެވެ.
ހިޔާލު