Rasmee dhathuru fulhehgai minister Shahid Thailand ah vadaiganavaifi
image
މިނިސްޓަރު ޝާހިދު ތައިލޭންޑަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިނިސްޓަރު ޝާހިދު ތައިލެންޑަށް ވަޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑަށް ވަޑައިގަންނަވައިފި އެވެ.
މިދަތުރުފުޅަކީ ތައިލޭންޑުގެ ފޮރިން މިނިސްޓަރު ޑޯން ޕްރަމުދްވިނާއީ ދެއްވި ދައުވަތަކަށް ދެ ދުވަހަށް މިނިސްޓަރު ޝާހިދު ކުރެއްވި ދަތުރު ފުޅެކެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދެތަރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 40 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ސަބަބުން އެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޝާހިދު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ގިނަ ގައުމުތަކަށް ވަޑައިގެން ރާއްޖެއަށް ތަފާތު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ޝާހިދުގެ މިފަދަ ދަތުރުފުޅުތަކުން ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ހޯދައިދެވިފައިވާ ކަމަށް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.

މިނިސްޓަރު ޝާހިދު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.
ހިޔާލު