Keerti kaivenikohfi
image
0 ކޮމެންޓް
 

ކީރްތީ ކައިވެނިކޮށްފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން މަގްބޫލުކަން ހޯދާފައިވާ، މޮހެނާ ކުމާރީ ކައިވެނި ކޮށްފި އެވެ.
ހޯމަ ދުވަހު ކީރްތީ ކައިވެނިކުރިއިރު އޭނާ ކައިވެނި ކޮށްފައި ވަނީ ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ ސުޔޭޝް ރާވަތު ކިޔާ މިހަކާ އެވެ.

އިންޑިއާގެ ސަގާފަތާ އެއްގޮތަށް ކުރި ކައިވެނީގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ކީރްތީ ފެނިގެންދަނީ ރަތް ކުލައިގެ ލެހެންގާއެއް ލައިގެން ހުއްޓާއެވެ. އަދި ގިނަ އަދަދެއްގެ ގަހަނާ ވެސް އަޅާފައި ހުއްޓެވެ. އޭނާގެ ފިރިމީހާ ފެނިގެންދިޔައީ ހުދު ކުލައިގެ ކުރުތާއެއްގަ އެވެ.

ކީރްތީއަކީ މަދްޔާ ޕްރަދޭޝްގެ ރޭވާއަށް އުފަން ރޯޔަލް އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާ ކައިވެނިކޮށްފައި އެ ވަނީ އާއިލާ މީހުން ދެއްކި މީހަކާ އެވެ.

ކައިވެނި ކުރީ ކޮން ދާއިރާއަކަށް ނިސްބަތްވާ މީހަކާކަމެއް އޭނާ ހާމައެއް ނުކުރެއެވެ.


ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޑްރާމެއް ކަމަށްވާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީ ފެނިގެންދަނީ ނަކްޝްގެ އަނބިމީހާގެ ރޯލުންނެވެ. އެގޮތުން އަސްލު ދިރިއުޅުމުގައި ވެސް ނަކްޝް (ރިޝީ ދޭވް) އާއި ކީރްތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތަކެއް ކުރި އެރި އެވެ.
ހިޔާލު