Police Media group in Ch13 ge noosverieh vakikohffi
image
0 ކޮމެންޓް
 

ފުލުހުންގެ މީޑިއާ ގުރޫޕުން ޗެނަލް 13 ގެ ނޫސްވެރިއެއް ވަކިކޮށްފި

ޖިންސީފުރައްސާރަ ކުރި މައްސަލަ އެއްގެ ތުހުމަތުގަ ޗެނަލް ތޭރައިގެ ނޫސްވެރިއެއް ޕޮލިސް މީޑިއާ ވަޓްސްއެޕް ގުރޫޕުން ވަކިކޮށްފިއެވެ.
ޕޮލިސް ވަޓްސްއަޕް މީޑިއާ ގުރޫޕުން ބޭރުކޮށްފައިވަނީ ނޫސްވެރިޔާ ސަމާހް މުހައްމަދު އެވެ.

"ސަމާހް ބޭރުކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެއްގައި،" ފުލުހުން ބުނެފައިވެއެވެ.

އޭނާ އެ ގުރޫޕުން ވަކިކުރުމުގެ ކުރިން ޗެނަލް 13ގެ އިސް ބޭފުޅުންނަށް ވެސް ބައްދަލުކުރަން މަސައްކަތް ކުރި ނަމަވެސް ބައްދަލުވުމަށް އެދުނު ފަރާތް ހާޒިރުވެފައި ނުވާތީ ބައްދަލުވާނެ ގޮތެއް ނުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސަމާހު ވަނީ މީގެ ކުރިން ސަން އޮންލައިންގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ހިޔާލު