Boney Kapoor ge film akah Salman noonekey buni sababu mi othy
image
ބޯނީ ކަޕޫރު (ކ)ގައި އަދި ސަލްމާން ޚާން (ވ)ގައި
0 ކޮމެންޓް
 

ބޯނީ ކަޕޫރުގެ ފިލްމަކަށް ސަލްމާން ނޫނެކޭ ބުނި ސަބަބު މިއޮތީ!

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނު، ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ފިލްމަކުން ނުފެނިދާނެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ސަބަބަކީ ސަލްމާނުގެ ކުރީގެ ފަހަރި މަލައިކާ އަރޯރާ، ބޮނީ ކަޕޫރުގެ ހަމައެެކަނި ފިރިހެން ދަރިފުޅު، އަރްޖުން ކަޕޫރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސަލްމާން ހާނަށް ވަނީ ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ ފިލްމު، "ވޯންޓެޑް"ގެ ސީކުއަލްގައި މަސައްކަތްކުރަން ހުށަހަޅާފަ އެވެ. ވޯންޓެޑްގެ ފުރަތަމަ ފިލްމު 2009 ވަނަ އަހަރު ނެރުނުއިރު އެ ފިލްމުގެ ޕްރޮޑިއުސަރަކީ ބޯނީ ކަޕޫރެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަލްމާން ބޭނުން ވަނީ ބޯނީގެ ބަދަލުގައި އޭނާގެ ޕްރޮޑަކްޝަން ހައުސް އިން އެފިލްމުގެ ދެވަނަ ބައި ޕްރޮޑިއުސް ކުރާށެވެ. ބޯނީ ފިލުމުން ބޭރުކޮށްފައި ވަނީ އަމިއްލަ ސަބަބުތަކާ ހުރެ އެވެ.

ފިލްމުގެ ދެވަނަ ބައެއް ހެދުމަށް ބޯނީ ބޭނުން ނުވިނަމަވެސް ސަލްމާންގެ އިތުރުން ޕްރަބޫ ދޭވާ ވެސް ބޭނުންވަނީ އެކަން ކުރާށެވެ. އެގޮތުން ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެ އެވެ.

ބޯނީގެ ގާތް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުކަން ހޯދުމަށް ސަލްމާން، ބޯނީއާ ވާހަކަދައްކައިގެން މަސައްކަތް ވެސް ކޮށްފައެއް ނުވެ އެވެ. އަދި އެގޮތަށް ވާހަކަ ދެއްކި ނަމަ އެކަން ކުރަން ބޯނީ ފަސް ނުޖެހޭނެ ކަމަށްވެސްވެ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ސަލްމާންގެ ވޯންޓެޑް، އަންނަ އަހަރުގެ އީދުގައި ނެރެނޭ އެވެ.
ހިޔާލު