Dh. Atholhu hospital gai dhathuge faruvaage hidhumaiy dheyn fashaifi
image
ރައީސް ސޯލިހު އާއި ހެލްތު މިނިސްޓަރު އަމީން ދ. އަތޮޅު ހޮސްޕިޓަލް ބައްލަވާލައްވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދ އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފަށައިފި

ދ. ކުޑަ ހުވަދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފި އެވެ.
ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިހިދުމަތް ދ. އަތޮޅު ހޮސްޕިޓަލްގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި، ހެލްތު މިނިސްޓަރު އަބުދުﷲ އަމީންއާއި، އެދާއިރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދ. އަތޮޅު ސިއްހީ ހިދުމަތުގައި 25 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

ފާއިތުވެދިޔަ އަހަރު އެ އަތޮޅުން ފާހަގަކުރެވުނު "ބެސްޓް ހެލްތު ސެންޓަރު" އަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވެސް ވަނީ ދީފަ އެވެ.

ހަމައެހެންމެ ދ. ކުޑަހުވަދޫގެ ކޮންމެ ގެޔަކަށް "ފުރަތަމަ އެހީދޭނެ މީހެއް" އެ ޕޮރޮގްރާމުގެ ދަށުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ކުޑަހުވަދޫގެ ކޮންމެ ގެޔަކަށް ހަވާލުކުރާ ފަސްޓްއެއިޑް ކިޓް މިރަސްމިޔާތުގައި ތެރެއިން ވަނީ ހަވާލުކުރެވިފަ އެވެ.
ހިޔާލު