Male' falhu therein 2 launch jehi accident vejje
image
އެކްސިޑެންޓުވި ކަމަށް ބެލެވޭ ލޯންޗު -- ފޮޓޯ:އެމްވީކްރައިސިސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާލެ ފަޅު ތެރެއިން ދެ ލޯންޗު ޖެހި އެކްސިޑެންޓު ވެއްޖެ

މާލޭގެ އެއް ނަންބަރު ފާލަމަށް ގާތްކުރަން އުޅުނު ދެ ލޯންޗު ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭގެ ފަޅު ބޭރުން ދެ ލޯންޗު ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ ދެ ފިރިހެނަކާ އަންހެނަކަށް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓްވި ދެ ލޯންޗް މިހާރު ވަނީ މާލޭގެ އެއް ނަންބަރު ފާލަމާ ދިމާލު ފަޅުތެރެއަށް ވައްދާފަ އެވެ.

ފުލުހުން ގެންދަނީ މިއެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ބަލައި މިމައްސަލަ ތަހުގީގުކުރަމުންނެވެ.
ހިޔާލު