Finance Ministry faisa dhehkumah fahu message akun ekan angaalanee
image
ފިނޭންސް މިނިސްޓްރީ
1 ކޮމެންޓް
 

ފިނޭންސް މިނިސްޓްރީން ފައިސާ ދެއްކުމަށްފަހު މެސެޖަކުން އަންގަނީ

ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ އެކިއެކި އިދާރާތަކުން އެއްވެސް ފަރާތެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފިނަމަ އެސްއެމްއެސް އަކުން ނުވަތަ އީމެއިލް އަކުން އެކަން އެންގުމުގެ ނިޒާމެއް ގާއިމުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަދު ބުނީ ދައުލަތުގެ އެކިއެކި އިދާރާތަކުން އެ މިނިސްޓްރީ މެދުވެރިކޮށް އެކިއެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ފޮނުވާ ހުށަހެޅުންތައް އެ ފައިސާއެއް ލިބެންވާ ފަރާތުގެ އެކައުންޓަށް ޖަމާވުމުން އެސްއެމްއެސް އަދި އީމެއިލް ފޮނުވުމުގެ ނިޒާމެއް އެމިނިސްޓްރީގައި މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

މެސެޖުތައް ފޮނުވަމުންދާނީ މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1617 އަދި މިނިސްޓްރީގެ އީމެއިލް އެޑްރެސް އިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

"މިދެންނެވި އެސްއެމްއެސް އަދި އީމެއިލް ފޮނުވޭނީ ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރު އަދި އީމެއިލް އެޑްރެސް ވެންޑަ ރަޖިސްޓްރީ ކުރިއިރު މިމިނިސްޓްރީއަށް ލިބިފައިވާނަމަ އެވެ." މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އީމެއިލްއާއި މޯބައިލް ނަންބަރު ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރި އިރު ލިބިފައި ނެތް ފަރާތްތަކާއި އަދި ރަޖިސްޓްރީ ކުރެވުނު ފަހުން އީމެއިލް އަދި މޯބައިލް ނަންބަރު ބަދަލުވެފައިވާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި މިހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ވެންޑާ މެއިންޓަނަންސް ފޯމުގައިވާ ކޮމިއުނިކޭޝަން ބައި ފުރިހަމަ ކުރުމަށްފަހު ކުންފުންޏެއް ނަމަ ސޮއި އަދި ސްޓޭމްޕް ޖެހުމަށްފަހު [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ އެކިއެކި އިދާރާތަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދުތައް ދައްކަމުންދާ ގޮތް ބަލައިލެވޭނެ ނިޒާމެއް ވެސް މީގެކުރިން ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.
ހިޔާލު

ހަސަންދީ

ވަރަށް މުހިންމު ކަމެއް މާލަސްވެސްވެއްޖެ ތިކަންކުރަން