Modi ge thaureefu Gul Panag ge thuthu dharifulhah!
image
0 ކޮމެންޓް
 

މޯދީގެ ތައުރީފު ގުލް ޕަނަގްގެ ތުއްތު ދަރިފުޅަށް!

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީގެ ތައުރީފު ބޮލީވުޑުގެ އެކްޓްރެސް ގުލް ޕަނަގްގެ ދަރިފުޅު ނިހާލް އަށް އޮހިއްޖެއެވެ.
ގުލް ވަނީ ޓުވިޓާ މެދުވެރިކޮށް އޭނާގެ ދަރިފުޅު ނިހާލް އަށް ފޮޓޯ ދެއްކުމުން މޯދީ ފާހަގަ ކުރަން އެނގޭ ކަމަށް ބުނެ ވީޑިއޯ އެއް ހިއްސާކޮށްފައެވެ. އެވީޑިއޯ އިން ޖުލް ފޮޓޯ ދެއްކުމުން އެއީ މޯދީ ކަމަށް ނިހާލް ވަނީ ބުނެފައެވެ.

އެ ވީޑިއޯ ބެލުމަށްފަހު މޯދީ ވަނީ ނިހާލް ދެކެ ވަރަށް ލޯބި ކަމަށާއި އަދި ހަޔާތުގައި އޭނާ ކޮންމެ ކަމެއް ކުރި ނަމަވެސް މޯދީގެ ހެޔޮ ދުއާ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.



ގުލް ކައިވެނިކޮށްފައިވަނީ ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ ރިޝީ އައްތަރީ އަށާއެވެ. އެދެމީހުންގެ ހުންނަނީ ނިހާލް އެކަންޏެވެ.

އުމުރުން 40 އަހަރުގެ ގުލް ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޯށްފައެވެ. އޭނާ ފެނިގެންދިޔަ ބައެއް ފިލްމު ތަކުގެ ތެރޭގައި "ޑޯރް" އާއި "ދޫޕް" އާއި "ޓާނިން 30" އާއި "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ހިމެނެއެވެ.
ހިޔާލު