Marjaavaan ge 3 vana lavaige inthizaarugai gina bayaku!
image
0 ކޮމެންޓް
 

"މަރްޖާވާން"ގެ ތިން ވަނަ ލަވައިގެ އިންތިޒާރުގައި ގިނަ ބަޔަކު!

"މަރްޖާވާން" ގެ ތިން ވަނަ ލަވައިގެ އިންތިޒާރުގައި ގިނަ ބަޔަކު ކެތްމަދުވެފައި އެބަ ތިއްބެއެވެ.
ފިލްމުގެ ތިން ވަނަ ލަވައަށް ކިޔަނީ "ތޯޅީ ޖަގާ" އެވެ. ލަވައިގެ ކުޑަ ޓީޒާ ކޮޅެއް ދައްކާލާފައިވާއިރު އެލަވަ ނެރުމަށް ހަމަ ޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެލަވައިގައި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ތާރާ ސުތަރިއާ އާއި ސިދާތު މަލްހޯތުގައި ފެނިގެންދާއިރު މިހާރު ގިނަ ބަޔަކު ތިބީ އެ ލަވަ ނެރޭނެ އިރެއްގެ އިންތިޒާރުގައެވެ.


ފިލްމުގެ ފުރަތަމަ އަދި ދެވަނަ ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ފުރަތަމަ ލަވައިގައި ތާރާ އާއި ސިދާތު ފެނިގެންދިޔައިރު ދެ ވަނަ ލަވައިގެ ފެނިގެން ދިޔައީ ނޯރާ ފަތޭހީ އާއި ސިދާތުއެވެ.
ވިލަން އެއްގެ ރޯލުން ފިލްމުގައި ފެނިގެންދަނީ ރިތޭޝް ދޭޝްމުކްއެވެ. ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ. އަދި އޭނާ އަށް ފިލްމުގައި ކިޔަނީ ތީން ފޫޓް އެވެ.

މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ އެފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.
ހިޔާލު