Kabadu hulhuvaigen cochin ah dhiumuge furusathu maldivian in
image
މޯލްޑިވިއަންގެ ފްލައިޓެއް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކަބަޑު ހުޅުވައިގެން ކޮޗިން އަށް ދިޔުމުގެ ފުރުސަތު މޯލްޑިވިއަން އިން

ކުޅުދުއްފުށިން އިންޑިއާގެ ކޮޗިން އާއި ދެމެދު ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން އިން މާދަމާ ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
"ކަބަޑު ހުޅުވައިގެން ކޮޗިން އަށް" މި ނަމުގައި ގެންދާ އެ ހަރަކާތް ކުރިޔަށް ދާނީ މާދަމާ ހަވީރު 16:00 އިން 18:00 ރާޅުގަނޑު ސަރަހައްދުގައެވެ.

އެ ހަރަކާތުގައި ކަނޑައަޅާފައިވާ ސަރަހައްދުން ތަޅުދަނޑި ހޯދައިގެން ކަބަޑު ހުޅުވިއްޖެނަމަ އިނާމެއް ލިބޭނެއެވެ. އަދި އެ އިނާމްތަކުގެ ތެރޭގައި ހަނިމާދޫން ކޮޗިން އަށް ދާން ދެ ކޮޅު ޓިކެޓު ވެސް ހިމެނޭ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.އޭގެ އިތުރުން ކުޅުދުއްފުށިން ކޮޗިން އާއި ދެމެދު ކުރާ ދަތުރުގެ މައުލޫމާތު ދިނުންވެސް އެ ސަރަހައްދުގައި ކުރިޔަށްދާނެއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްގެ މުވައްޒަފުން ފިޔަވައި އެހެން ކޮންމެ މީހަކަށްވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެއެވެ.
ހިޔާލު