2 schoolehge ithuru classroom elhumuge masakaiy kunfunithakaai havaalukoffi
image
ކ. ހުރާ ސްކޫލުގެ ކްލާސްރޫމް އެޅުމުގެ މަސައްކަތް ކުންފުންޏާ ހަވާލުކުރަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދެ ސްކޫލެއްގެ އިތުރު ކްލާސްރޫމް އިމާރާތް ކުރަން ހަވާލުކޮށްފި

ދެ ސްކޫލެއްގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމް ތަކުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އަލަށް ކްލާސްރޫމްތައް އިމާރާތް ކުރަން ނިންފައިވަނީ ގދ. ފިޔޯރީ ސްކޫލާއި ކ. ހުރާ ސްކޫލު ގައެވެ.

ގދ. ފިޔޯރީ ސްކޫލުގެ ދެ ފަންގިފިލާގެ ހަ ކްލާސްރޫމް އިމާރާތްކުރަން ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 225 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މަސައްކަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެއެވެ.

ކ. ހުރާ ސްކޫލުގެ ދެ ފަންގިފިލާގެ ހަ ކްލާސްރޫމުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ހަވާލުކޮށްފައިވަނީ 250 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ވެސް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެއެވެ.
ހިޔާލު