"India expo 2019" fair ah raeesuljumhooriyyaa ziyaaraiy kuravvaifi
image
"އިންޑިއާ އެކްސްޕޯ 2019" އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

"އިންޑިއާ އެކްސްޕޯ 2019" ފެއާ އަށް ރައީސް ޒިޔާރަތް ކުރައްވައިފި

"އިންޑިއާ އެކްސްޕޯ 2019" ފެއާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި މި ޒިޔާރަތުގައި، އެކްސްޕޯގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ހޯއްދަވާފައިވެއެވެ.

އެސްއެމްއީ އެންޑް އެންޓަ ޕްރަނަސް ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމުކުރި އެ ފެއާގައި އިންޑިޔާގެ 30 ވިޔަފާރިއަކުން ސްޓޯލްތައް ހުޅުވާފައިވެއެވެ.

އެ އެކްސްޕޯގެ މަގްސަދަކީ އިންޑިޔާގެ ބައެއް ވިޔަފާރިތަކާއި އެފެރާތްތަކުގެ ބައެއް އުފެއްދުންތައް ރާއްޖޭގެ ވިޔަފާރިތަކާއި އާންމުންނަށް މާކެޓްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ހިޔާލު

ރައްޔަތުމީހާ

މިއެކްސްޕޯ އޮތީ ކޮންތާކު؟ ހުޅުވިފަ ހުންނަ ގަޑިތަކަކީ ކޮބާ؟ ކިތައްދުވަސްވަންދެން؟ ކިއުންތެރިންނަށް ފުރިހަމަ މަޢްލޫމާތު ހާމަކޮށް ނުދެވެންޏާ އެ ޚަބަރަކަށް ނުވާނެ.