Taimur ge loabi video ah: Papparazi innah Excuse Me
image
ތައިމޫރު--
1 ކޮމެންޓް
 

ތައިމޫރުގެ ލޯބި ވީޑިއޯއެއް: ޕަޕަރާޒީންނަށް "އެކްސްކިއުޒް މީ"

ސައިފް އާއި ކަރީނާގެ ދަރިފުޅު ތައިމޫރަކީ ބޮލީވުޑުގެ އެންމެ މަގުބޫލު އެއް "ސްޓާ ކިޑް" އެވެ. ތައިމޫރު ފެންނަ ކޮންމެ ތަނަކުން އޭނާއަށް ކެމެރާތައް އަމާޒުވެ އެވެ.
މިއަދު ސޯޝަލް މީޑިއާގައި އާއްމުވެފައި ވަނީ އީޝާ ޑިއޯލް އާއި ބާރަތް ތަހްތާނީގެ ދަރިފުޅު ރަދްޔާގެ ދެވަނަ އުފަންދުވަހުގެ ޕާޓީއަށް ތައިމޫރު ދިޔަ މަންޒަރުގެ ވީޑިއޯ އެކެވެ.

އެ ވީޑިއޯއަށް ސަމާލުކަން ލިބިފައި ވަނީ ކުޑަކުޑަ ތައިމޫރު ޕަޕަރާޒީންގެ ތެރެއިން ހިނގާފައި ދަމުން، އޭނާއަށް ތަން ދެއްކުމަށް "އެކްސްކިއުސް މީ" އޭ ބުނާ އަޑު އިވޭތީ އެވެ.ޕަޕަރާޒީންގެ އުނދަގޫ ބޮޑުވުމުން ކަރީނާ ތައިމޫރް އާ މެދު ކަންބޮޑުވާ ކަމަށް ވެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ކަރީނާގެ ވިސްނުން ހުރީ ތައިމޫރު ބޯޑިން ސްކޫލަށް ފޮނުވާށެވެ. އެއީ އާދައިގެ ކުއްޖެއް ގޮތަށް ބޮޑުވުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ.
ހިޔާލު

ބޮޑު ހަސަންބެ

ތިނޫން ވަހަކައެއް ދައްކަން ނޭންގުނުތަ. އެކުއްޖ
ާފަކީރު ދުކޮއްލަބަލަ