Sham aai Froggy ah dhariaku libenee
image
ޝާމް އާއި އޭނާގެ އަންހެނުން--
2 ކޮމެންޓް
 

ޝާމް އާއި ފުރޮގީއަށް ދަރިއަކު ލިބެނީ

މަޝްހޫރު ވްލޮގާ ޝާމް އިދްރީސް އާއި ސެހެރް (ފުރޮގީ) މިދިޔަ ޑިސެމްބަރު މަހުގެ 31 ގައި ކައިވެނި ކޮށްފައިވާއިރު އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް ޝާމް އަދި އޭނާގެ އަންހެނުންގެ ބަނޑުބޮޑު ފޮޓޯއެއް ހިއްސާކޮށް އޭނާ ބުނީ ދަރިފުޅަކީ ކޮން ޖިންސެއްގެ ކުއްޖެއްކަން އިއްޔެ އެނގިފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ ކުއްޖެއް ކަމެއް ހިއްސާއެއް ނުކުރެ އެވެ.

މަޖާ ވީޑިއޯތައް ޝާމް އާއި ފުރޮގީ އެކުގައި ކުޅެފައިވާއިރު އެދެމީހުންނަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެމީހުންނެވެ. މީގެ ކުރިން ދެމީހުންގެ ގުޅުމާމެދު ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ދެމީހުން ވެސް ވަނީ އެއީ ގާތް ދެރަހުމަތްތެރިން ކަމަށް ބުނެފައެވެ.

ގިނަ ބަޔަކަށް އުފާވެރިކަމެއް ލިބިގެން ދިޔައީ ނޮވެމްބަރު މަހު އެދެމީހުން އެންގޭޖްވި ހަބަރާ ގުޅިގެންނެވެ. އެ ދެ މީހުން ފުރަތަމަ ވީޑިއޯ ހަދަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އެދެމީހުންނަކީ ތަފާތު އެކި ކަންތައްތަކުގެ މައްޗަށް މަޖާ ވީޑިއޯ ހަދާ ބައެކެވެ.
ހިޔާލު

ހހހހ

އިޓްސް އަ ގާރލް. ޓިކްޓޮކް ަ ދެއްކި

އައިލަވްޝްރޮގީ

ވަރަށް އުފާވޭ ޝާމް އަދި ފްރޮގީގެ ދިވެހި ޚަބަރުތައް ކިޔަން ލިބޭތީ😭❤ އަބަދުވެސް ބެލޭ މިސައިޓްގަ އައު ޚަބަރެއް އޮވޭތޯ. ބައިވަރު ޚަބަރު ލިޔެދީބަލަ ޕްލީޒް 😍😍
އަދި އެއް ކަންތައް، އެދެމީހުން އެންމެ ފުރަތަމަ ވީ ޑިއޯއެއް ހެދީ 2015ގަ😊