9 aharugai jinsee goanaa ge Shikaara akahvi Vaahaka Krissann kiyaidheefi
image
ކްރިޒޭން--
0 ކޮމެންޓް
 

ނުވަ އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ވާހަކަ ކްރިޒެން ކިޔައިދީފި

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި، ކްރިޒޭން ބަރޭޓޯއަށް އުމުރުން އެންމެ ނުވަ އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް އޭނާ ބުނެފި އެވެ.
އެ ވާހަކަތައް އޭނާ ކިޔައިދިނީ އެމްޓީވީއިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، "އޭސް އޮފް ސްޕޭސް 2" ގެ ތެރެއިންނެވެ. ރޮމުން އިނދެ އެވާހަކަތައް ހިއްސާކޮށް އުމުރުން 28 އަހަރުގެ ކްރިޒޭން ބުނީ އޭނާއަށް ޖިންސީ ގޯނާ ކުރިމަތިވީ ގޭތެރޭގެ މާހައުލުން ކަމަށެވެ.

އެގޮތުން ބޮޑު ބޭބެއެއްގެ ފަރާތުން އެކަން ކުރިމަތި ވާހަކަ ބުނެ ކްރިޒޭން ބުނީ އެގޮތަށް އޭނާއަށް ޖިންސީ ގޯނާ ކުރަނީ ޗޮކްލެޓް ފަދަ ތަކެތި އޭނާއަށް ދީގެން ފާހާނާގެ ތެރޭގައި ކަމަށެވެ. އެ ވާހަކަތައް ހިއްސާކުރުމުން ސިކުނޑިއަށް ބޮޑު ލުއެއް ލިބިގެންދިޔަ ކަމަށް ވެސް ކްރިޒޭން ބުނެ އެވެ.

މިއީ މިހާ ހާމަކަން ބޮޑު ގޮތަކަށް ކްރިޒޭން، އޭނާއަށް ޖިންސީ ގޯނާ ކުރިމަތިވި ވާހަކަ ކިޔައިދިން ފުރަތަމަ ފަހަރުވެސް މެއެވެ. ނަމަވެސް އެކަމުގެ މާ ބޮޑު އިތުރު ތަފްސީލެއް އޭނާ ހަމައެއް ނުކުރެ އެވެ.

ކްރިޒޭން ވަނީ ކާމިޔާބު ގިނަ ޝޯތަކުން ފެނިގެން ގޮސްފަ އެވެ. އެގޮތުން، "ކޭސޭ ޔޭ ޔާރިޔާން" އާއި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އާއި "ކަހާނީ ހަމާރީ.. ދިލް ދޯސްތި ދީވާނޭޕާން ކީ" ގެ އިތުރުން "ސަސުރާލް ސިމަރް ކާ" ފަދަ ޝޯތަކުން އޭނާ ވަނީ ފެނިގެންގޮސްފަ އެވެ.
ހިޔާލު