Hajju Cooperation ge office ehen imaaraathakah badhalu kuranee
image
0 ކޮމެންޓް
 

ހައްޖު ކޯޕަރޭޝަންގެ އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މައި އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަމުން ގެންދަނީ ކަސްޓަމްސް ބިލްޑިން ކައިރީ ހުންނަ މޫކައި ހޮޓަލުގަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ ބުރާސްފަތި ދުވަހު އެތަނުގައި ހިންގަމުން އަންނަ އޮފީސް ބަންދުކޮށް އެހެން ތަނަކަށް އޮފީސް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޮފީސް ބަދަލުކުރަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މ. ފުރަންކަރަގޭގެ ތިންވަނަ ފަންގިފިލާއަށް ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އެކުންފުނީގެ ހިދުމަތް ލިބޭނީ ވެސް އެ އިމާރާތުން ކަމަށްވެސް ބުންޏެވެ.

ހައްޖު ކޯޕަރޭޝަނަކީ ހައްޖަށް މީހުން ގެންދިއުމުގައި ހަރަކާތްތެރިވަމުން އަންނަ 100 ޕަސެންޓް ސަރުކާރު ކުންފުންޏެކެވެ.


ހައްޖު ކޯޕަރޭޝަން
ހިޔާލު