Bodu hiyaanaathugai shaamiluvaa faraaithah haamakuran govaalai kulli massalla eh
image
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެންބަރު ހަސަން ލަތީފް --
1 ކޮމެންޓް
 

ބޮޑު ހިޔާނާތުގައި ޝާމިލުވާ ފަރާތްތައް ހާމަކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަންވެސް ވަނީ ގޮވާލައިފައެވެ.

މި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ބަލައިގެންފައި ވަނީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ހަވާލުކޮށް ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދިނީ ދިވެހި ރައްޔިތުންގެ ހަޒާނާއިން ވައްކަން ކުރި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވެފައިވާކަން ވެސް ހަސަން ވަނީ ފާހަގަކުރައްވައިފައެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ނަންތަކާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް، އެފަރާތްތަކުގެ މައްޗަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ." ގަރާރުގައިވެ އެވެ.

ދާދިފަހުން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިހާރުވެ މެންބަރުންނާއި މި ސަރުކާރުގެ ވަޒީރުންނާއި އަދި ފަނޑިޔާރުންނަކީވެސް އެމްއެމްޕީއާރްސީ މައްސަލައިގަ ޝާމިލުވާ ފަރާތްތައް ކަމަށެވެ. އަދި އެ ދުވަހުގެ ކޮމެޓީގެ ބައްދަލުވުމުގައި ތިއްބެވި ބައެއް މެންބަރުންނަކީވެސް އެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ކަމަށް ޕީޖީ ވިދާޅުވިއެވެ.
ހިޔާލު

މިގޭ

މީ މިހާރު ހާދަ ބޮޑުވެގެން އުޅޭ މީހެކޭދޯ؟ މީނަ ސައިޒަށް ތިރިވާދުވަހަކުން ހާދަ ދެރަވާނޭދޯ ؟