Haseena unmeedhu kandaeh nulaa, beynunvanee thiyabeyfulhunge ehee!
image
ހަސީނާ
1 ކޮމެންޓް
 

ހަސީނާ އުއްމީދު ކަނޑައެއް ނުލާ، ބޭނުންވަނީ ތިޔަބޭފުޅުންގެ އެހީ

ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 28 އަހަރުގެ ހަސީނާ ހަސަން އަކީ ލޭގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ "އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ" ޖެހި، އެބައްޔަށް އަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
ހަސީނާ ފުރަތަމަ ޑޮކްޓަރަށް ދައްކާފައިވަނީ ކެއްސާތީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމުން ލޭގެ ޓެސްޓު ހެދުމަށްފަހު ޕްލެޓެލެޓްސް މާ ދަށްވެފައި ހުރުމުން އޭނާ އައިސީޔޫގައި އެޑްމިޓް ކުރި އެވެ.

އިތުރު ފަރުވާއަށް ހަސީނާ މާލެ އައިސް ދެއްކުމުން އެއީ އިޑިއޯޕަތިކް ތްރަމްބޯސައިޓޯޕީނިކް ޕްރޮޕިއުރާ (އައިޓީޕީ) ކަމަށް ބުނުމުން އޭނާ ވަނީ އެނބުރި ރަށަށް ގޮސްފަ އެވެ. ނަމަވެސް ރަށަށް އައިސް ދެ ހަފްތާ ފަހުން އަނެއްކާ ވެސް ވަނީ އެރަށު ހޮސްޕިޓަލަށް ދައްކާފަ އެވެ.

އެގޮތުން ޕްލެޓްލެޓްސް ދަށްވެފައި ހުރުމުން ޑޮކްޓަރުގެ ލަފައާ އެކު އެނާ އަނެއްކާ ވެސް ވަނީ މާލެ ގޮސްފަ އެވެ. އޭނާ އެފަހަރު ޓްރީޓޮފް ހޮސްޕިޓަލަށް ދެއްކުމުން އެއީ އައިޓީޕީ ނޫން ކަމަށާއި ރާއްޖޭން ބޭރަށް ދިއުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ލަފާ ދީފަ އެވެ. އަދި ކިމްސް ހޮސްޕިޓަލުން އޭނާއަށް "އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ" ކެންސަރު ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ހަސީނާ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދަން ފަށާފައިވާއިރު އަދިވެސް އިތުރު ތިން މަސް ދުވަހު އެހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ހަސީނާގެ އާއިލާ އިން ބުނި ގޮތުގައި އޭނާގެ ބޭސްފަރުވާގެ ހަރަދު އާސަންދައިން ހަމަޖެހުނު ނަމަވެސް އެކޮޅުގައި ހުރުމުގެ ހަރަދާއި ކެއުމުގެ ހަރަދުތައް ވަރަށް ބޮޑެވެ. އެގޮތުން އެފަދަ ހަރަދުތައް ހަމަޖެއްސުމަށް ތިޔަބޭފުޅުންގެ ދީލަތި އެހީ ބޭނުންވާ ކަމަށް އާއިލާ އިން ބުނެ އެވެ.

މީގެއިތުރުން އޭނާގެ ހާލު މީހާރު ކުރިއަށްވުރެ ރަނގަޅު ކަމަށާއި ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7706137821101 އަހްމަދު އަބްދުލްރަހީމް (ހަސީނާގެ ފިރިމީހާ)
ޑޮލަރު އެކައުންޓް ނަމްބަރު: 7730000122875 އަހްމަދު އަބްދުލްރަހީމް (ހަސީނާގެ ފިރިމީހާ)
އިތުރު މައުލޫމާތު ހޯދުމަށް: 7776939 އަހްމަދު އަބްދުލްރަހީމް (ހަސީނާގެ ފިރިމީހާ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ALBDULLA JWALHEY

މީއަސް ވީިހެއި އަވަހަކަށް ކެޑެކެ ޖައްސާއްޖެހޭ މުހިއްމު ވަޢުދަށް. ދިވެހި ދައުލަތަކީ ނިކަމެތިންނައް އަޅާލާ އެވެރިންގެ އަޑައަހައި މުހުތާދަތައް ފުއްދާ ދައުލަތަކައް ބަދަލުވެގެން މިތިބި ކަންކަން ހަމަޖެހޭނެއި.