Faisaa rangalhah balahahtan Arjun Kapoor akah neyngey: Malaika Arora
image
އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ--
0 ކޮމެންޓް
 

ފައިސާ ރަނގަޅަށް ބަލަހައްޓަން އަރުޖުން ކަޕޫރަކަށް ނޭނގޭ: މަލައިކާ

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ އަންނަނީ ސޯޝަލް މީޑިއާއަށް ހިއްސާކުރާ ފޮޓޯތަކުން ވެސް ސުރުހީތަކަށް އަރަމުންނެވެ. ދާދި ފަހުން ނެހާ ދޫޕިއާގެ ޝޯއެއްގައި ބައިވެރިވެ މަލައިކާ ވަނީ އޭނާއާ ލޯބިވެރިޔާ އަރުޖުންގެ ގުޅުމާ ގުޅިގެން ވާހަކަ ދައްކާފަ އެވެ.
އުމުރުން 46 އަހަރުގެ މަލައިކާ އެ ޝޯގައި ކައިވެނީގެ ޕްލޭންތަކާއި ގުޅިގެން ވެސް ވާހަކަ ދައްކާފަ އެވެ. އަދި ލޯބިވެރިޔާއަށް އޭނާގެ ފޮޓޯ ނެގުމުގެ ހުނަރު ކަމުނުދާ ކަމަށް ވެސް ޝޯގެ ތެރެއިން ވަނީ ހާމަކޮށްފަ އެވެ. އެފަދަ ވާހަކަތަކެއް ދެއްކުމަށް ފަހު މަލައިކާ ވަނީ ފައިސާ ރަނގަޅަށް ބަލަހައްޓަން އަރުޖުންނަށް ނޭނގެ ކަމަށް ވެސް ބުނެފަ އެވެ.

އަރުޖުން ކަޕޫރާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މަލައިކާ އަރޯރާ ރަސްމީކޮށް އިއުލާނުކުރިތާ އަދި ގިނަ ދުވަސްތަކެއް ނުވެއެވެ. މިހާރު އެމީހުން އަންނަނީ ދެ އާއިލާގެ މީހުންނާއެކު ވެސް ވަގުތު ހޭދަކުރަމުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ސަލްމާން ހާނުގެ ކޮއްކޮ، އަރްބާޒު ހާނާއި މަލައިކާ ކައިވެނިކުރިއެވެ. އެކައިވެންޏަށް 16 އަހަރުގެ ދަރިއަކު ވެސް ލިބިފައިވާއިރު އެކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކީ ވެސް އަރުޖުން ކަމަށް އޭރު އަޑުތައް އެރިއެވެ.

މިހާތަނަށް އުމުރުން 34 އަހަރުގެ އަރުޖުން މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ.


ހިޔާލު