Fulhah budundhanya hasanah heevaane!
image
ފޮޓޯ: ވަން
ގުފްތަގު އަޖީލް
0 ކޮމެންޓް
 

ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނެ!

"ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނެ އެ އުޅެނީ ކެޔޮގަނޑު ކަނޑާލަން ހެން" މިހެން ބުނެ އުޅެނީ އެމީހަކު ކުރާކަމެއް ދެވަނަ މީހާވެސް ކޮށްފާނެ ކަމަށް ހީވެ ޝައްކުވާ މީހުންނާ ދިމާލަށެވެ.
ހަސަނު އެހެން ގޭގެއަށް ވަދެ އެހެން މީހުންގެ ކެޔޮގަނޑު ކަނޑާލާތީ ހަސަނަށް މުޅިން ވެސް ހީވާނީ ދެން ތިބި މީހުން ވެސް ހަސަނުގެ ކެޔޮގަނޑު ކަނޑާލާފާނެހެންނެވެ.

ދަންނަވަން މިއުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި ފަހަކަށް އައިސް މާވަރަކަށް ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި، ބަޣާވަތް ނުކުރެވޭނެކަމަށް ވިދާޅުވާތީ އެ ވާހަކަ އެވެ.

"ގަހެއްގައި އިންނަ އަނބެއް ބިނދެލާހެން ރައީސުލްޖުމްހޫރިއްޔާ ވައްޓައެއް ނުލެވޭނެ... އަޅުގަނޑު މިދެންނެވީ ކަށަވަރުކަމާ އެކު މޮޔަފުޅުވެގެން ތި އުޅުއްވަނީ،" އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް މި މޭރުމުން ވާހަކަ ދައްކަވައި، ސަރުކާރު ވައްޓާލަން އުޅޭކަމުގެ އިލްޒާމް އަޅުވަނީ ވެސް އެމްޑީޕީގެ މެންބަރުންގެ ބޮލުގައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ގާސިމް އިބުރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމިން ބައިއަތު ހިފައިގެން ގެނައިވެރިކަން ދެވަނަ ދައުރުކަށް ދިގުލައި ނުދިޔައީ އެމްޑީޕީގެ އާންމު މެންބަރުން މަޑުމަޑުން ނުކުމެ ކުރަންފެށި ހަޅުތާލުތަކާއި އެއްވުންތަކުގެ ސަބަބުންނެވެ. އެހެންވީއިރު އެމްޑީޕީގެ މެންބަރަކަށް ވެރިކަން ލިބިފައި އޮއްވައި އެމްޑީޕީ މެންބަރުން ނުކުމެ އެމްޑީޕީގެ ވެރިކަމެއް ވައްޓައިލާފާނެތޯ އެވެ؟ ބުއްދި ގަބޫލުކުރޭތޯއޭ؟

ފުޅައްބުޑުން ދަންޏާ ހަސަނަށް ހީވާނޭ ބުނާ އުސޫލުން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ބަޔަކު ނުކުމެ ޖުމްހޫރީ މައިދާނުގައި ކުރި ޣައިރު ގާނޫނީ ހަޅުތާލުގެ ތަކުގެ ނަތީޖާއާކަށްވީ ދިވެހި ރައްޔިތުން ގެނައި ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ނިމުމަކަށް އައުމެވެ. އެދުވަހު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ވަދެވަޑައިގެން އިންނަވައި ތަކުބީރު ގޮވައި ހަމްދާޝުކުރު ދަންނަވާ މިލިޓަރީ ނުގެނެނެސް މިކަން ނިންމާލެވުނު ކަމަށް ވިދާޅުވީ ކޮން ހައިސިއްޔަތަކުންތޯ އެވެ؟ގާސިމް، ރައީސް ނަޝީދާއި ސަރުކާރާ ޖެއްސުން:

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާ ދޭތެރެ ޖައްސައިގެން ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ކުރަން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މީގެކުރިން ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

"އަޅުގަނޑު ނޫހަކުން ދެކުނިން ގާނޫނީގޮތުން ވަރަށް ފުންނާބު އުސްކަމަށް އަޅުގަނޑުމެން ދެކުނު ބޭފުޅަކު ވިދާޅުވި އަޅުގަނޑު އުޅެނީ ސަރުކާރާ ރައީސް ނަޝީދާ ދޭތެރެ ޖައްސައިގެން ކޮންމެވެސް ކަންތަކެއް ހޯދާށޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު އެކަން އެހެން ކުރަމޭ. އަޅުގަނޑު ބޭނުމޭ ސަރުކާރަށް ވައި އަޅުވައިގެން ކަންތައްކުރަން،" ޖުމްހޫރީ ޕާޓީން ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ މިފަދަ ވާހަކަތަކުން ދޭހަވާ އެއްކަމަކީ ރައީސް ނަޝީދާއި ސަރުކާރާއި ދެމެދު މައްސަލަތަކެއް އުފެއްދުމަށް ގާސިމް ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމެވެ. މީގެ ބޭނުމަކީ ކޮބައިތޯ އެވެ؟

ހަމަ ޔަގީނުންވެސް ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް އެވެ. އެމަނިކުފާނުގެ ފަހަތުގައި އެތައް ހާސް ސަޕޯޓަރުންނެއް އެބަތިއްބެވެ. ހަމަ ޔަގީނުންވެސް ވެސް ގާސިމް އިބްރާހިމަށް ވުރެ އެތައް ހާސް ސާޕޯޓަރުންނެއް ރައީސް ނަޝީދުގެ އިތުރުވާނެ އެވެ. މިހެންކަމުން ރައީސް ނަޝީދާއި ސަރުކާރާ ޖައްސައިގެން އެކަމުގެ ގެއްލުން ވާނީ ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ނޫންތޯއެވެ؟

ލޯކަލް ކައުންސިލް އިންތިހާބު ކައިރިވުން:

ލޯކަލް ކައުންސިލް އިންތިހާބު ކައިރިވެފައިވާއިރު، ގާސިމް އިބްރާހިމް ވަނީ ޖުމްހޫރީ ޕާޓީގެ ގޮފިތައް އުފައްދައި އެ އިންތިހާބަށް ތައްޔާރުވުމަށް ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ. ގާސިމް އިބްރާހިމަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އިންތިހާބެއްގައިވެސް އަމާޒު ކުރާ މިންވަރަށް ވުރެ މަދުން މަގާމުތައް ކާމިޔާބުވާ ބޭފުޅެކެވެ. ރިޔާސީ އިންތިހާބަކަސް، މަޖްލިސް އިންތިހާބަކަސް އަދި ކައުންސިލް އިންތިހާބަކަސް މިކަން އޮތީ މިހެންނެވެ.

އެކިފަހަރު އެކި ވާހަކަ ދައްކައިގެން ވެސް ގާސިމް އިބްރާހިމަށް އެއްވެސް އިންތިހާބެއް އަމާޒު ކުރާ މިންވަރަށް ކާމިޔާބުވާ ކަމަކަށް ނުފެނެ އެވެ. މިފަހަރު ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ގާސިމް މި ދައްކަވަނީ، މުޅިންވެސް ވެރިކަން ވައްޓާނުލެވޭނެ ވާހަކާއި، އެމްޑީޕީ މީހުން އަމިއްލައަށް އެމްޑީޕީ މީހުންގެ ވެރިކަން ވައްޓާލަން އުޅޭވާހަކައެވެ. ސަހަރޯ އެވެ!
ހިޔާލު