Jumhooree dhuvahuge rasmee jalsaa ah dharubaaruge sarahadhuge traffic ah badhaluthakeh
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާއަށް ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ އާދިއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުން ބުނީ މާދަމާގެ 16:00 ގެ ކުރިން ބުރިޖާ ދިމާލުން އޮންނަ ހުސް ޖާގަ އާއި ސްޓެލްކޯއިން ފެށިގެން އަމީނީ މަގު މޫންލައިޓް ހިނގުން ގުޅުނު ހިސާބަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން މާދަމާގެ 16:00 އިން އާދިއްތަ ދުވަހުގެ 23:59 އަށް އެސަރަޙައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯ ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އާދިއްދަ ދުވަހުގެ 19:00 ން ފެށިގެން ޖަލްސާ ނިމެންދެން ސްޓެލްކޯއިން ފެށިގެން އަމީނީ މަގު މޫންލައިޓް ހިނގުން ގުޅުނު ހިސާބަށް އަދި ދަރުބާރުގެ ކުރިމަތިން އޮންނަ ދެ މަގު ވެސް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ އާދިއްތަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ނިންމައިފައެވެ. އެދުވަސް ބަންދުކުރަން ނިންމީ މާދަމާއަކީ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހަށް ކަމަށްވެފައި މިމަހުގެ 11 ވަނަ ދުވަސް ދިމާވަނީ ޖުމްހޫރީ ދުވަހަށް ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޖުމްހޫރީ ދުވަސް
ހިޔާލު