Chutty ah dhaairu samaalukandheynjehey kanthahthaka gulhey gothun mauloomathu dheefi
image
މިއަދު ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން---ފޮޓޯ:ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޗުއްޓީއަށް ދާއިރު ސަމާލުވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފި

ޗުއްޓީއަށް ދާއިރު ސަމާލުވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ރަސްފަންނުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި، ޗުއްޓީއަށް ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އެ ސަރަހައްދުގައި، އަޑުގަދަކުރާ ބޭނުންކޮށްގެން ދީފައިވެއެވެ. އަދި އެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

އޭގެ އިތުރުން ހޮސްޕިޓަލް ތަކުގައި ބަލި މީހުން ކައިރީގައި ތިބޭއިރު ގެންގުޅޭ ފޯނާއި ވޮލެޓް ފަދަ ތަކެއްޗަށް ރައްކާތެރިވުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވެ ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުފޭރުން ފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުލުހުން
ހިޔާލު