Bala belumahfahu gina baehge thaureef Ayushmann ah!
image
އަޔުޝްމަން ބާލާގައި ފެނިގެންދާ ގޮތް
0 ކޮމެންޓް
 

"ބާލާ" ބެލުމަށްފަހު ގިނަ ބައެއްގެ ތައުރީފް އަޔުޝްމަން އަށް!

ފިލްމު "ބާލާ" ބެލުމަށްފަހު އަޔުޝްމަން ކުރާނާއަށް ގިނަ ބަޔަކު ތައުރީފް ކުރަން ފަށައިފި އެވެ.
ބާލާ ނެރެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު ބުނަމުން ދަނީ އަޔުޝްމަންގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށެވެ. މިފިލްމުގައި އޭނާ ހިމެނެތީ މިފިލްމު އިތުރު ފުރިހަމަ ވެގެން ދިޔަ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"ބާލާ" ގައި ލީޑު ރޯލުން ފެނިގެންދަނީ އަޔުޝްމަން އާއެކު ޔަމީ ގައުތަމު އެވެ. މި ދެ ފަންނާނުންގެ އިތުރުން ބޫމީ ޕަޑްނޭކަރް ވެސް ފިލްމުގައި ފެނިގެންދެ އެވެ.

މިފިލްމުގައި ފެނިގެންދަނީ ބޮލުން އިސްތަށި ފައިބާތީ އެކަމަށް ހައްލެއް ހޯދުމަށް އަޔުޝްމަން ކުރާ މަސައްކަތެވެ. މިއީ މިއަހަރު ނެރޭ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެއް ކަމަށް ވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެ އެވެ.

ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ އަޔުޝްމަން ވަނީ މިއަހަރު ނެރުނު "ޑްރީމް ގާލް" އިން ވެސް ފެނިގެން ގޮސްފަ އެވެ.
އަޔުޝްމަން ކުރާނާ
ހިޔާލު