Virat ge annaunu Anushka laa sababu miothee!
image
އަނުޝްކާ އާއި ވިރާޓް
0 ކޮމެންޓް
 

ވިރާޓްގެ އަންނައުނު އަނުޝްކާ ލާ ސަބަބު މިއޮތީ!

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.
ކައިވެންޏަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު ވިރާޓް އާއި އަނުޝްކާ، ތަފާތު ހަފުލާތަކުގައި ބައިވެރިވުމަށް ހެދުން އަޅާ ގޮތަށް ވެސް މީހުންގެ ކަޅިތައް ހުއްޓެވެ. ބައެއް ފަހަރު އެއް ކަހަލަ ގޮތަކަށް ހެދުން އަޅާފައި ހުންނައިރު މަންޒަރު ވެސް ފެނެ އެވެ.

ގިނަ ބަޔަކު އޭނާގެ ހެދުން އެޅުމާ ގުޅޭގޮތުން ވާހަކަ ދައްކާމުންދާއިރު އަނުޝްކާ މިވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ. އެގޮތުން އަނުކްޝާ ބުނީ ފިރިމީހާގެ ކަބަޑުން އޭނާގެ ޓީޝާޓުތައް ނަގައިގެން ވަރަށް ގިނައިން ލާފައި ހުންނާނެ ކަމަށެވެ.

އަނުޝްކާ ބުނީ އެގޮތަށް ފިރިމީހާގެ އަންނައުނުލުމުން ފިރިމީހާ ވެސް ވަރަށް އުފާވެފައި ހުންނަ ކަމަށާއި އެހެންވެ އެގޮތަށް ހެދުން ނަގައި ކަމަށެވެ.

އެންމެ ފަހުން "ސަންޖޫ" އާއި "ސުއި ދާގާ" އިން ބެލުންތެރިންނަށް ފެނިގެންދިޔަ އަނުޝްކާ އެވާހަކަތައް މީޑިއާއަށް ތިލަކޮށްލި މިއީ ފުރަތަމަ ފަހަރުވެސް މެއެވެ.
ހިޔާލު