Sara ge kudairuge photo thakah gina baehge samaalukan!
image
ސާރާގެ ކުޑައިރުގެ ފޮޓޯތައް
0 ކޮމެންޓް
 

ސާރާގެ ކުޑައިރުގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި ބަތަލާ ސާރާ އަލީ ހާންގެ ކުޑައިރުގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ސާރާ ހިއްސާކޮށްފައިވާ ފޮޓޯތަކުން އޭނާ ފެނިގެންދަނީ ލެހެންގާ އެއް ލައިގެން ހުރި މަންޒަރެވެ. އަދި އެފޮޓޯއާއެކު އޭނާ ވަނީ 2000 ވަނަ އަހަރުން އޭނާގެ ޝޮޓަށް އިންތިޒާރު ކުރާ ކަމަށް ބުނެފަ އެވެ.


އުމުރުން 23 އަހަރުގެ ސާރާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ނެރުނު ފިލްމު "ސިމްބާ" އިންނެވެ. ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ނެރުނު އެ ފިލްމުގައި އޭނާ ފެނިގެން ދިޔައީ ރަންވީރު ސިންގްއާ އެކު އެވެ.

ސާރާ މިހާތަނަށް ކުޅެފައިވާ ދެ ފިލްމަަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު މިފަހަކަށް އައިސް ބޮލީވުޑަށް ތައާރަފުވި އެންމެ ކާމިޔާބު އެއް ތަރިއަކީ ސާރާ ކަމަށް ބުނުމަކުން ގޯހަކަށް ނުވާނެ އެވެ.

އޭނާގެ މަސައްކަތްތައް ގިނަ ބަޔަކަށް ކަމުދިޔައިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "އާޖް ކަލް" އާއި "ކޫލީ ނަންބަރު 1" އިންނެވެ.
ހިޔާލު