Iran in drone eh vahtaalaifi
image
0 ކޮމެންޓް
 

އީރާނުން ޑްރޯނެއް ވައްޓާލައިފި

ބޭރުގައުމުގެއްގެ ޑްރޯން އެއް އީރާނުން ވައްޓާލައިފިއެވެ.
މި ޑްރޯން ވައްޓާލުމަށްފަހު އެއީ އެމެރިކާގެ ޑްރޯނެއްކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާއިން އީރާނުގެ ތުހުމަތުތައް ދޮގުކުރެއްވެ.

އީރާނުން ވައްޓާލާފައިވަނީ އަސްކަރީ ބޭނުމެއްގައި ބޭނުންކުރާ ޑްރޯނެއްކަމެއް، ނުވަތަ ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރާ ޑްރޯނެއް ކަމެއް އެގައުމުން ސާފުކޮށެއްވެސް ނުދެއެވެ.

އީރާނު ކައިރިން އަރަބި ކަނޑުގައި އެމެރިކާއިން ވަނީ އަސްކަރީ އޮޕަރޭޝަންތަކެއް ވެސް ފަށާފައެވެ.

އެމެރިކާއިން ފެށި އޮޕަރޭޝަންތަކުގެ ބޭނުމެއްކަމުގައި ބުނެފައިވަނީ އީރާނު ކައިރިން ބައިނަލްއަގުވާމީ ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ކުރަމުން ދާ ފުރައްސާރަތައް ހުއްޓުމަކަށް ގެނުމެވެ.

ދާދި ފަހުން ސައުދީ އަރަބިއްޔާގެ ތެޔޮ ފެކްޓީތަކަށް ދީފައިވާ ހަމަލާގެ ފަހަތުގައިވެސް ވަނީ އީރާނު ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.
އީރާން
ހިޔާލު