Ingireysi vilaathugai fen boduvehjje
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

އިނގިރޭސި ވިލާތުގައި ފެން ބޮޑުވެއްޖެ

އިނގިރޭސިވިލާތް (އިންގްލޭންޑް) ގައި ފެން ބޮޑުވެއްޖެ އެވެ.
ފެންބޮޑު ވުމުގެ ސަބަބުން އަންހެނަކު ވަނީ މަރުވެފައެވެ. އަންހެން މީހާ ފެނުނީ މަރުވެގެން ލައްގާފައިއޮއްވައެވެ.

އެ ގައުމަށް އެއް ދުވަސްތެރޭގައިވަނީ މަސް ދުވަހުން ވެހޭ މިންވަރަށް ވާރޭ ވެހިފައިކަމަށް ބީބީސީން ބުނެއެވެ.

ބައެއް ސަރަހައްދުތަށް 112 މިލި މީޓަރުގެ ވާރޭވެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގެ ސަރުކާރުން އަންނަނީ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ 110 ސަރަހައްދަކަށް ވަނީ ފެންބޮޑުވެދާނެކަމުގެ އިންޒާރު ވެސް ދީފައެވެ.
މޫސުން
ހިޔާލު