Tourism dhaaira ah meehun binaa kurumah khaassa program eh
image
އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހުސައިން ޝަޔާހް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޓޫރިޒަމް ދާއިރާއަށް ދިވެހިން ތަމްރީން ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓޫރިޒަމް ދާއިރާއަށް ދިވެހިން ތަމްރީން ކުރުމަށް ޕްރޮގްރާމް ތަކެއް ހިންގަން ލިމްކޮކްވިން ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމާ ގުޅޭ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ މެލޭޝިއާގެ ލިމްކޮމް ޔުނިވާސިޓީ ކެމްޕަހުގަ އެވެ. އެގޮތުން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ލިމްކޮމް ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަރީ މާރީ ލިމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ދިވެހިން ނެރެން ތަމްރީން ދޭނެ ކަމަށެވެ. އެގޮތުން އެއްކޮށް ފަންޑުކޮށްދޭ ސްކޮލަޝިޕްތަކާއި އެއްބައި ފަންޑުކޮށްގެން ކިޔަވާނެ ފުރުސަތުތައް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމު ތަކަށް ދިވެހިން ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ

އެގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި އިތުރަށް ތަމްރީން ބޭނުންވާ ރަނގަޅު ދިވެހި ޒުވާނުން އެބަތިބި ކަމަށާއި މި އެއްބަސްވުމުގެ ތެރެއިން އެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކުގައި ދިވެހިންގެ އަދަދު މަދު ކަމަށާއި އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭނުންވާ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އެންމެ ބޮޑަށް ސްކިލް ބޭނުންވާ ދާއިރާތަށް ދެނެގަނެ، އެ ދާއިރާތަކަށް ފޯކަސް ކުރަން" ނައުޝާދު ވިދާޅުވި އެވެ.
ހިޔާލު