Farah araa boat faharu funkuraaney idhaaraaeh ufehdhumah govaalaa qaraareh
image
ދޯންޏެއް ފަރަށް އަރާފައި
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ފަރަށްއަރާ ބޯޓުފަހަރު ފުންކުރާނޭ އިދާރާއެއް އުފެއްދުމަށް ގޮވާލާ ގަރާރެއް

ފަރަށްއަރާ މަސްދޯނިފަހަރާއި މީހުން އުފުލާ އުޅަނދުފަހަރު ފުންކުރާނޭ އިދާރާއެއް އުފެއްދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ނާޒިމްގެ ގަރާރުގައި ވިދާޅުވެފައިވަނީ އޮޔާދާ އުޅަނދުފަހަރާއި ބޭރު ދަތުރުކުރާ އުޅަނދުފަހަރާއި އެހެން އުޅަނދުތައް ފަރަށް އެރުމަކީ އާންމުކޮށް ދިމާވާ ކަމަކަށްވާއިރު އެ އުޅަނދުފަހަރު ފުންކުރާނޭ ދައުލަތުގެ އިދާރާއެއް ނެތުމުން އެތައް ތަކުލީފެއް އުޅަނދުތަކުގެ ވެރިފަރާތުން އުފުލަންޖެހޭ ކަމަށެވެ.

ގަރާރު ހުށަހެޅީ އެފަދަ ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށްވެސް މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ އުޅަނދު ފުން ކުރުމާއި ފަރަށް އެރުމުން ދިމާވި ގެއްލުމުގެ ހުރިހާ ހަރަދެއްގައި ހިފުމުގެ އިތުރުން ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގެ ޒިންމާވެސް އުޅަނދުގެ ވެރިފަރާތުން ނަގަންޖެހޭ ކަމަށެވެ. އަދި އެކަންކަމަށް އެތައް ހަރަދެއް ހިނގާއިރު، ފަރަށްއަރައި އުޅަނދެއް ހަލާކުވުމުން އެތައް ބައެއްގެ އާމްދަނީ ބަންދުވެގެންދާ ކަމަށްވެސް ގަރާރުގައިވެ އެވެ.

އެހެންކަމުން ފަރަށްއަރާ ބޯޓުފަހަރު ފުންކުރުމުގައި އަމަލީ މަސައްކަތް ކުރާނޭ ދައުލަތުގެ އިދާރާއެއް ހަމަޖައްސާ، ކަމާ ގުޅުންހުރި އުސޫލުތައް ގާއިމުކުރުމަށް ނާޒިމްގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ރާއްޖޭގެ ފަރުތަކަށް ބޮޑެތި ބޯޓުތައް އަރައި، ފުން ނުކުރެވި ދުވަސްތަކެއް ވުމުން ފަރުތަކަށް ލިބޭ ގެއްލުންތަކާ ގުޅިގެން އެފަދަ އުޅަނދުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.
ހިޔާލު