12 aharu fahun Om Shanti Om ge nubalaa manzaru thakeh
image
ފިލްމުގެ މަންޒަރެއް
0 ކޮމެންޓް
 

12 އަހަރު ފަހުން "އޯމް ޝާންތި އޯމް"ގެ ނުބަލާ މަންޒަރުތަކެއް!

"އޯމް ޝާންތި އޯމް" އަކީ 2007 ވަނަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނާއެކު، މިހާރު ފިޔަޖަހަމުން އަންނަ ދީޕިކާ ޕަޑުކޯން ބޮލީވުޑަށް ތައާރަފްވި މިފިލްމަކީ މިހާރުވެސް ގިނަ ބައެއް ހިތްތަކުގައި ލިސްޓުގެ ކުރީގައި ޖާގަ ދީފައިވާ ފިލްމެއް ކަން ޔަގީނެވެ.
ފިލްމަށް މިއަދު 12 އަހަރު ވެފައިވާއިރު ފިލްމުގައި ޝާހު (އޯމް) ފެނިގެންދަނީ ޖޫނިއާ ފިލްމު އާޓިސްޓެއްގެ ރޯލުންނެވެ. އަދި ދީޕިކާ(ޝާންތީ) ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރިއެއްގެ ރޯލުންނެވެ.

މިފިލްމުގައި އަލިފާނުގެ ހާދިސާއަކުން ޝާހު، ދީޕިކާ ސަލާމަތް ކުރުމަށް މަސައްކަތްކުރި ނަމަވެސް ދެމީހުން އެ އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވެ އެވެ. ނަމަވެސް ޝާހު އަލުން އުފަންވެ އެވެ. އަދި އޭގެ 30 އަހަރު ފަހުން އޭނާގެ ހަނދާނަށް އެހުރިހާ ކަމެއް އައުމުން ދީޕިކާގެ މަރަށް ޒިންމާވާ މީހާ އަށް އަދަބުދީ ދީޕިކާއަށް އިންސާފު ހޯދައިދެ އެވެ.

މިފިލްމަށް ޝޫޓްކުރި 11 މަންޒަރެއް ވަނީ މި ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ފިލްމުން ނަގާފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މަންޒަރުތައް ފިލްމުން ނަގާފައިވަނީ ފިލްމު ދިގުވާތީ އެވެ. އެ މަންޒަރުތައް ފިލްމުގައި ހިމެނިނަމަ ފިލްމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެ މަންޒަރުތައް ފިލްމުގައި ނެތަސް ފިލްމު ވަރަށް ރީތި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.


މިފިލްމުގައި ޝާހު އާއި ދީޕިކާގެ އިތުރުން މަސައްކަތްކޮށްފައިވާ އެހެން ފަންނާނުންގެ ތެރޭގައި އަރްޖުން ރާމްޕާލް އާއި ޝްރިޔަސް އަދި ކިރަން ކޭރް ހިމެނެ އެވެ.

އަރްޖުން ރާމްޕާލް ފެނިގެންދަނީ ނެގަޓިވް ރޯލަކުންނެވެ. ޝްރިޔާސް ޝާހުގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ރޯލުން ފެނިގެންދާއިރު ކިރަން ފެނިގެންދަނީ ޝާހުގެ މަންމަގެ ރޯލުންނެވެ. ފިލްމު ޑައިރެކްޓުކޮށްފައިވަނީ ފަރަހް ހާން އެވެ.

ފިލްމުގައި ހިމަނާފައިވާ ލަވަތަކަކީ ވެސް އަޑުއަހާ ބަލާ ފޫހި ނުވާވަރެގެ ރީތި ލަވަތަކެކެވެ. އެގޮތުން ފިލްމުގެ ބައެއް ލަވަތަކުގެ ތެރޭގައި "އާކޯ މެ ތެރީ" އާއި "މޭ އަގަރް ކަހޫން" އާއި "އޯމް ޝާންތީ އޯމް" އަދި "ޖަގް ސޫނާ ސޫނާ" ހިމެނެ އެވެ.

"އޯމް ޝާންތި އޯމް" އަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އެގޮތުން ފިލްމު ފެއާގެ ގިނަ އެވޯޑުތަކެއްގެ އިތުރުން ޒީ ސިނަމާ އަދި އައިފާ އެވޯޑު ޝޯގައި ވެސް އެފިލްމަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.
ހިޔާލު