Budget 2020: Enme bodu aamdhanee eh Tax ge gothugai
image
މީރާގެ ހެޑް އޮފީސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ބަޖެޓް 2020: އެންމެ ބޮޑު އާމްދަނީއެއް ޓެކުހުން

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ލިބޭނީ ޓެކުހުން ކަމަށް ލަފާކޮށްފި އެވެ.
2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ދައުލަތުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 29.9 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް އަދާކުރަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އެވެ. އެއީ ޖުމުލަ އާމްދަނީގެ 48 އިންސައްތަ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ޖުމުލަ 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރިފިޔާ އާއި ހިލޭ އެހީ އަދި އެހެނިހެން ގޮތްގޮތުން ޖުމުލަ 5.2 ބިލިއަން ރިފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ލިބެނީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އިނެންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 4 ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.5 ބިލިއަން ރިފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ގްރީން ޓްކްސްގެ ގޮތުގައި 970 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 877 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އެހެނިހެން ޓެކްސްގެ ގޮތުގައި 442 މިލިއަން ލިބޭނޭ ކަމަށް ލަފާކޮށްފައިވެ އެވެ.

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރިފިޔާ ލިބޭނޭ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ޓެކްސް ބަޖެޓް 2020
ހިޔާލު