Green tax ge gothugai September mahu libunee 74 million rufiyaa
image
މާފުށީގައި ހިންގާ ގެސްޓްހައުސްއެއް
0 ކޮމެންޓް
 

ގްރީން ޓެކުސްގެ ގޮތުގައި ސެޕްޓެމްބަރު މަހު ލިބުނީ 74 މިލިއަން ރުފިޔާ

ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު 74.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑުގެ ރިޕޯޓްގައިވާ ގޮތުން ގެސްޓްހައުސްތަކާއި ހޮޓާތަކާއި އަދި ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ވަނީ 73 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ލިވަބޯޑް ތަކުން ވަނީ ގްރީން ޓެކުހުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފަ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ކ. އަތޮޅުންނާއި، އަދ. އަތޮޅުގެ އިތުރުގެ ބ. އަތޮޅުންނެވެ. އެގޮތުން ކ. އަތޮޅުން 24.75 މިލިއަން ރުފިޔާ ލިބިފައިވާއިރު އދ އަތޮޅުން ލިބިފައިވަނީ ނުވަ މިލިއަން ރުފިޔާ އެވެ. އަދި ބ. އަތޮޅުން ލިބިފައިވަނީ ހަ މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑްގައި ހުރީ 225.8 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑު ހަދައި މި ފަންޑަށް ފައިސާ ޖަމާކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި ރިސޯޓުތަކާއި އަންނަ ޓޫރިސްޓުންގެ އަތުން، އެމީހުން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ނަގާ ޓެކުހެކެވެ. ގްރީން ޓެކްސް ނަގަން ފެށީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އެވެ.

1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ވެސް، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަ އެވެ.

ދިވެހިންނާއި ރެސިޑެންޓް ޕަމިޓް އޮންނަ ބިދޭސީންގެ އަތުން މި ޓެކްސް ނުނަގާނެ އެވެ. އެހެންކަމުން މިފަދަ ފަރާތްތައް އެއްވެސް ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، އުޅަނދެއް ނުވަތަ ގެސްޓްހައުސްއެއްގައި ތިބިކަމުގައިވީ ނަމަވެސް ގްރީން ޓެކްސް ނެގުން މަނާވާނެ އެވެ.
ހިޔާލު