Enme furihama irushaadhaai misaalu liben othee rasoolaage hayaipulhun: Raees Nasheed
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެނީ ރަސޫލާގެ ހަޔާތްޕުޅުން: ރައީސް ނަޝީދު

އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)ގެ ހަޔާތްޕުޅުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް ފޮނުއްވާފަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދުނިޔަވީ ހަޔާތް ބިނާކުރުމުގައިވެސް އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާގެ މުޅި ހަޔާތްޕުޅުން ކަމަށެވެ.



ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސިޔާސީ ޕާޓީ ތަކުގެ އިސް ލީޑަރުން ގެންދަވަނީ ތަހުނިޔާ ފޮނުއްވަމުންނެވެ.

ހުރިހާ ބޭފުޅުންގެ ތަހުނިޔާގެ މެސެޖުގައިވެސް ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނެގުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.
ހިޔާލު