Baeh hidhumath thakah buroo erumakee ekasheegenvaa kameh: BML
image
ފޮޓޯ ހަބަރުދަބަރު
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ބައެއް ހިދުމަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް: ބީއެމްއެލް

މެއިންޓަނަނެސް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބޭންކް އޮޕް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް ބުރޫއެރުމަކީ އެކަށީގެންވާކަމެއްކަމަށް އެ ބޭންކުން ބުނެފިއެވެ.
މިގޮތުން އާދިއްތަ ވިލޭރޭގެ މެންދަމު 1:00 އިން 5:00 އަށް އިންޓަނެޓު ބޭންކިން، ޕޮއިންޓް އޮފް ސޭލް، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ، ކާޑް ސިސްޓަމް، ޑޮލަރު ބުކިން ސިސްޓަމް އަދި މޯބައިލް ޕޭ ގެ ހިދުމަތައް ބުރޫ އެރުން އެކަށީގެންވާކަމަށް ގައުމީ ބޭންކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ، މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާނީ ކަސްޓަމަރުންނަށް އެންމެ ދަތިކަން ކުޑަވާނެ ވަގުތުތަކުގައި ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. އަދި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ވެސް އޭ ބޭންކުން ބުނެއެވެ.
ބީއެމްއެލް
ހިޔާލު