Gym in nikunna vaguthu paparazzin photo nunagaanaama maayoos vaane : Sara
image
ސާރާ އަލީ ހާން
0 ކޮމެންޓް
 

ޖިމުން ނިކުންނަ ވަގުތު ޕަޕަރާޒީން ފޮޓޯ ނުނަގާނަމަ މާޔޫސްވާނެ: ސާރާ

ބޮލީވުޑުގެ ޒުވާން ބަތަލާ ސާރާ އަލީ ހާން ފެނިގެންދަނީ ވަރަށް ސިއްހަތަށް ބަލައިގެން އުޅޭ ތަރިއެއްގެ ގޮތުގަ އެވެ. ކިތަންމެ ބިޒީ ދިރިއުޅުމެއްގައި އުޅުން ނަމަވެސް ކެއުންބުއިމަށް އަދި ކަސްރަތު ކުރުމަށް ސާރާ ލޯބި ކުރެ އެވެ. އެގޮތުން އޭނާ ޖިމުން ނިކުންނަ ވަގުތު އެތަނުގެ ބޭރުގައި ޕަޕަރާޒީން އަބަދުވެސް ފޯރިނަގަ އެވެ.
އުމުރުން 24 އަހަރުގެ ސާރާ ބުނީ އޭނާ ޖިމުން ނިކުންނަ ވަގުތު އެތަނުގެ ބޭރުގައި ޕަޕަރާޒީން ނުތިބޭނަމަ އޭނާ ވަރަށް ކަންބޮޑުވާނެ ކަމަށެވެ. އެއީ ކޮން ސަބަބަކާ ހުރެ އޭނާ ބުނި އެއްޗެއްކަން ސާފެއް ނުވެ އެވެ.

ސާރާ އަބަދުވެސް ފެނިގެންދަނީ ޕަޕަރާޒީންނާ ވަރަށް ގާތް މީހެއްގެ ގޮތުގަ އެވެ. އެގޮތުން ބޭރުގައި އާއިލާ މީހުންނާއި ރައްޓެހިން އަދި ޖިމުން ނިކުންނަ ވަގުތު ކަމުގައިވީނަމަވެސް ޕަޕަރާޒީން ފެނިއްޖެނަމަ އޭނާ އެމީހުންނަށް ސަލާމް ގޮވާލައި ހިނިތުންވުމާއެކު ވާހަކަ ދައްކަ އެވެ.

ކެދާނަތުން ބޮލީވުޑަށް ތައާރަފުވި ސާރާއަކީ ސައިފް އަލީ ހާނުގެ ދޮށީ ދަރިފުޅެވެ. އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.
ހިޔާލު