Mobile phone aai sihhathaa huree kon gulhemeh?
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޯބައިލް ފޯނާއި ސިއްހަތާ ހުރީ ކޮން ގުޅުމެއް؟

މޯބައިލް ފޯނަކީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެއާ ނުލާ ނޫޅެވޭ ވަރުގެ އެއްޗަކަށް މިވަނީ ވެފަ އެވެ. އެގޮތުން ކޮންމެ ދުވަހަކު އަޅުގަނޑުމެން އުޅޭއުޅުމުގައި މޯބައިލް ފޯނަކީ ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗަކަށް ވަނީ ވެފަ އެވެ.
މޯބައިލް ފޯނަކީ ތަފާތު ބޭނުންތަކަށް ބޭނުން ކުރާ އެއްޗެކެވެ. ދުރުގައި ތިބޭ މީހުންނަށް ގުޅުމާއި މެސެޖް ކުރުމާއި ސޯޝަލް މީޑިއާ ބޭނުންކުރުމަކީ މިހާރު އެންމެ އާންމުކޮށް ފޯނުން ކުރާ އެއް ބޭނުމެވެ. ނަމަވެސް ކޮންމެ އެއްޗަކީވެސް ބޭނުން ކުރުމުން ކޮންމެވެސް ގެއްލުމެއް ލިބޭނެ އެއްޗެއްކަން ޔަގީނެ އެވެ. އެގޮތުން ފޯނުގެ ސަބަބުން ވެސް ސިއްހަތަކަށް ގެއްލުންވާ ކަންކަން ހުންނާނެ ކަން ޔަގީނެއެވެ.



މޯބައިލް ކޮންމެ ފޯނެއްގައި ރޭޑިއޯ ފްރިކުއެންސީ ކިޔާ ރޭޑިއޭޝަނެއް ހުރެ އެވެ. އެ ރޭޑިއޭޝަން އަކީ އިންސާނާގެ ސިއްހަތަށް ތަފާތު ގެއްލުންތައް ކުރުވާ އެއްޗެކެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި އެ ރޭޑިއޭޝަންގެ ސަބަބުން ސިކުނޑީގައި ހުންނަ ސެލްތަކަށް ގެއްލުން ލިބި ސިކުނޑީގައި ޓިއުމަރު އުފެދުމަށް މަގު ފަހިވެ އެވެ.

އެރޭޑިއޭޝަނާ ދުރުވެ ސިއްހަތަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. އެއީ:

- ޖީބަށް ފޯނުލުން މަދުކުރުން ނުވަތަ ހުއްޓާލުން:

ފޯނު ޖީބަށް ލުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މަގުމަތީގައި ހިނގާފައި އުޅޭއިރު، ނުވަތަ ސައިކަލް މަތީ އިންނައިރު އަދި ބާޒާރު ކުރާއިރު ފޯނު ޖީބަށް ލުމަކީ ވަރަށް އާންމު ކަމެކެވެ. ފަހަރެއްގައި އެއީ އޭގެ ސަބަބުން ލިބޭ ގެއްލުން ނޭނގޭތީ ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ފޯނު ޖީބުގައި އޮންނަ އިރު ރޭޑިއޭޝަންގެ ސަބަބުން މައިބަދައިން ފަޔާއި ގުޅިފައިން އިންނަ ކަށިގަނޑަށް ގެއްލުންވެ އެވެ. އަދި ހަމައެހެންމެ އެ ރޭޑިއޭޝަނުގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އުފެއްދުމުގެ ނިޒާމަށްވެސް ގެއްލުންވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

- ލޮލުގެ ފެނުމަށް އަސަރު ކުރުން:

ފޯނު، ޓީވީ ފަދަ ސްކްރީންތަކުން އަންނަ ރޭޑިއޭޝަން، ހާއްސަކޮށް ބުލޫ ރޭގެ ސަބަބުން ލޮލުގެ ނާރުތައް ފިތި ލޮލުގެ ފެނުން ފުސްވުމަކީ ވެދާނެ ކަމެކެވެ.



ހަމައެހެންމެ ކުޑަކުދިންގެ ބޮލުގެ ނާށިގަނޑުގައި އުފެދިފައިވާ ފަށަލަ އަކީ ތުނި ފަށަލައަކަށް ވުމުން ރޭޑިއޭޝަނުން ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑުވެފައި އަވަސް ވާނެ ކަމަށް ސައިންސިސްޓުން ބުނެ އެވެ.



- ކަންފަތުގައި ފޯނު ޖެއްސުމުގެ ސަބަބުން ގެއްލުން ލިބުން:

ކަންފަތުގައި ފޯނު ޖައްސައިގެން ވާހަކަދެއްކުމަކީ ސިކުނޑިއަށް އެންމެ ގެއްލުން ލިބޭގޮތެވެ. އޭގެ ބަދަލުގައި ގުޅައިގެން ވާހަކަ ދައްކާއިރު ހެޑްސެޓެއް ނުވަތަ ލައުޑަށް ލައިގެން ވާހަކަ ދެއްކުމުން ގެއްލުން ލިބޭ މިންވަރު ދަށްކޮށްދޭނެ އެވެ.



މިފަދަ ކަންތައްތަކަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ކުރެވޭ ކުޑަކަމަކުން ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިގެން ހިނގައިދާނެ އެވެ. އަބަދު ފޯނު ނުގެންގުޅުމާއި އެއިން ސިއްހަތަށް ކުރާ އަސަރު އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މި ރިޕޯޓުގައި ފާހަގަކުރި ކަންތައްތައް ކުރާނަމަ، ނުވަތަ އެގޮތަށް ކަންތައްތައް ކުރާ އެހެން މީހަކު ފެނިއްޖެ ނަމަވެސް އެމީހުން ކައިރި އެކަމުގެ ނުރައްކަލުގެ ވާހަކަ ބުނުމަކީ މުހިއްމު ކަމެކެވެ.
ހިޔާލު