Anbimeeha Hrithik aai gayaavakan engumun maraalumah fahu amilliah dhanjehijje
image
0 ކޮމެންޓް
 

އަނބިމީހާ ރިތިކާ ގަޔާވާކަން އެނގުމުން މަރާލުމަށްފަހު އަމިއްލައަށް ދަންޖެހިއްޖެ

އިންޑިއާއަށް ނިސްބަތްވާ ދިނޭޝްވަރް ބުއްދިދަތު ނަމަކަށް ކިޔާ މީހަކު އޭނާގެ އަންހެނުން ދޮންނެ ދޮޖީ، ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަނާ ގަޔާވާތީ، އެކަމާ ހަސަދަވެރިވެގެން އަނބިމީހާ މަރާލުމަށްފަހު އޭނާވެސް އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިހާދިސާ ހިނގީ ނިއުޔޯކުގަ އެވެ. އަދި ދޮޖީ މަރާލާފައިވަނީ އެތައް ފަހަރަކު އަނިޔާކުރުމަށްފަހު ކަމަށް ނިއުޔޯކުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ދޮޖީ މަރާލިކަން ދިނޭޝްވަރު ވަނީ ދޮޖީގެ ދައްތައަށް މެސެޖުކޮށްފައި ބުނެފަ އެވެ. އަދި އެޕާޓްމަންޓުގެ ތަޅުދަނޑި އޮތްތަން ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި އެއަށްފަހު އޭނާ އަމިއްލައަށް މަރުވީ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން ދޮޖީގެ ރަހުމަތްތެރިޔަކު ބުނީ ދޮޖީ އަކީ އަބަދުވެސް ރިތިކަށް ސަޕޯޓް ކުރާ މީހެއް ކަމަށާއި އޭނާ ގޭގައި އުޅޭއިރު އަބަދުވެސް ރިތިކްގެ ފިލްމުތައް ބަލައި، އޭނާގެ ލަވަތައް އަޑުއަހާ ކަމަށެވެ. އަދި އެކަމާ ހަސަދަވެރިވެގެން ދިނޭޝްވަރު އުޅޭކަމަށް އޭނާގެ ރަހުމަތްތެރިން ބުނެ އެވެ.

ދޮޖީގެ އިތުރު ރަހުމަތްތެރިޔެއް ބުނާ ގޮތުގައި ދިނޭޝްވަރު ހުންނަނީ ދޮޖީއާ ހެދި މޮޔަވެފައި ކަމަށާއި ދޮޖީ އަކީ ރީތި އަންހެނަކަށް ވެފައި އެނާއަށް ގިނަ ފައިސާ ލިބޭތީ ވެސް ދިނޭޝްވަރު ހަސަދެވެރިވާ ކަމަށެވެ.

މި ދެމީހުން ކައިވެނިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކައިވެނިކުރިތާ މަހެއް ފަހުން ދިނޭޝްވަރު ވަނީ މީގެ ކުރިންވެސް ދޮޖީ އަށް އަނިޔާކޮށް މަރާލުމަށް މަސައްކަތްކޮށްފަ އެވެ. މިކަމާ ގުޅިގެން ފުލުހުން އޭނާއަށް ހިމާޔަތް ދީފައިވާ ކަމަށްވެސްވެ އެވެ.

އޭގެ ފަހުން ދޮޖީ އޭނާއަށް އިތުރު ފުރުސަތެއް ދީފައިވާއިރު މި ދެ މީހުން ނިއުޔޯކަށް ބަދަލުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ރިތިކަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ވޯ" އިންނެވެ. އެފިލްމަކީ މިއަހަރު ނެރެނު އެންމެ ކާމިޔާބު ފިލްމެވެ.
ހިޔާލު