Deepika ulhenee balikoh!
image
ދީޕިކާ---
0 ކޮމެންޓް
 

ދީޕިކާ އުޅެނީ ބަލިކޮށް!

ބޮލީވުޑު މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޮން އުޅެނީ ބަލިކޮށް ކަމަށް އޭނާ ބުނެފި އެވެ.
އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް ދީޕިކާ ހިއްސާކުރި ފޮޓޯއިން އޭނާގެ މޫނު މަތިން އޭނާ ބަލިކަން އެނގިގެންދެއެ ވެ.

ދީޕިކާ ވަނީ އެއީ އެންމެ ގާތް ރަހުމަތްތެރިޔާގެ ކައިވެނީގައި މަޖާކުރުމުން ވާގޮތް ކަމަށް ބުނެފަ އެވެ.


ގިނަ ބަޔަކު ދިީޕިކާ އަށް އަވަސް ޝިފާއަކަށް އެދިފައިވާއިރު ދާދި ފަހުން ވަނީ ދީޕިކާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށްވެސް އަޑުތައް އަރާފަ އެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕަދްމާވަތު" އިންނެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ.

މިފިލްމަކީ އެސިޑު ހަމަލާގެ ޝިކާރައަކަށްވި ލަޝްމީ އަގަރްވާލުގެ ހަޔާތަށް ނެރޭ ފިލްމެކެވެ.

ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ދީޕިކާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

މީގެތެރޭގައި "އޯމް ޝާންތީ އޯމް" އާއި "ޗަންނައި އެކްސްޕްރެސް" އާއި "ހެޕީ ނިއު އިއާ" އާއި "ރާމް ލީލާ"އ ާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ބާޖީރާއޯ މަސްތާނީ" ހިމެނެ އެވެ.
ހިޔާލު