Lata ge haalu serious, ICU gai faruvaa dhenee
image
ލަތާ---
0 ކޮމެންޓް
 

ލަތާގެ ހާލު ސީރިއަސް، އައިސީޔޫގައި ފަރުވާދެނީ

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ގެ ހާލު ސީރިއަސް ކަމަށާއި މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް މީޑިއާއިން ބުނެފި އެވެ.
ލަތާ އެޑްމިޓުކޮށްފައިވާ ހޮސްޕިޓަލުން ބުނީ އޭނާ އެހޮސްޕިޓަލަށް ގެނެސްފައިވަނީ ނޭވާލުމަށް އުނދަގޫތަކެއް ވާތީއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރު ފަހު ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ލަތާގެ އާއިލާގެ މެންބަރަކު ބުނީ އޭނާ މިހާރު އަންނަނީ މަޑުމަޑުން ހާލު ރަނގަޅު ވަމުން ކަމަށެވެ. މިއީ ލަތާގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ހިތާމަވެރި ހަބަރެއް ކަން ހަގީނެވެ.

ބޮލީވުޑުގެ ގިނަ ފިލްމުތަކަށް ލަތާ ލަވަ ކިޔާފައި ވާއިރު ލަތާ ވަނީ ގިނަ އެވޯޑުތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން އެތައް އަހަރަކު އޭނާއަށް ވަނީ އެންމެ މޮޅު ޕްލޭބެކް އަންހެން ލަވަކިޔުންތެރިއެއްގެ އެވޯޑު ލިބިފަ އެވެ. އޭގެ އިތުރުން ހަތަރު ފަހަރު "ލައިފް ޓައިމް އެޗީވްވެންޓު އެވޯޑު" ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ.

އުމުރުން 90 އަހަރުގެ ލަތާ ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ތުމްސޭ ނަޒަރް" އާއި "ތެރޭ ބިނަ ޒިންދެގީ ސެ" އާއި "ލަގްޖާ ގަލޭ" އާއި "ބާހޯމެ ޗަލެ އާއޯ" އާއި "ޖިޖަ ޖަލޭ" އާއި "ތޭރޭ ލިޔޭ" އަދި "މެހްބޫބު މެރޭ" ހިމެނެ އެވެ.
ލަތާ މަންގޭޝްކަރް
ހިޔާލު