Pati Patni Aur Woh ge lava Dhemme dhemme ah bodu tharuheebeh
image
0 ކޮމެންޓް
 

"ޕަތީ ޕަތުނީ އޯރް ވޯ"ގެ ލަވަ "ދީމޭ ދީމޭ" އަށް ބޮޑު ތަރުހީބެއް

ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވާ" ގެ ލަވަ "ދީމޭ ދީމޭ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އެލަވަ ކިޔާފައިވަނީ ޓޯނީ ކައްކަރު އާއި ނޭހާ ކައްކަރުއެވެ. އެލަވައިން ފެނިގެންދަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އާރިޔަން އާއި ބޫމީ ޕަޓްނޭކަރް އަދި އަނަންޔާ ޕާންޑޭއެވެ. ގިނަ ބަޔަކަށް އެލަވަ ކަމުގޮސްފައިވާއިރު 2 މިލިއަންއަށް ވުރެ ގިނަ މީހުން ވަނީ އެލަވަ ބަލާފައެވެ.


މީގެ 40 އަހަރު ކުރިން ނިކުތް "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރު ވެސް އެ ފިލްމުން ފެނިގެންދެ އެވެ.

"ޕަތީ ޕަތުނީ އޯރް ވާ" އަކީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރިމޭކްގައި ސަންޖީވްގެ ރޯލުން ފެންނާނީ ކާތިކް އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލް ކުޅޭނީ ބޫމީ ފެނިގެންދާއިރު ސަންޖީވާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ސެކެރެޓަރީގެ ރޯލުން ފެންނާނީ އަނަންޔާއެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ހިޔާލު